ށ. ނޫމަރާގައި އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ މަރާލި މައްސަލާގައި އެ ކުއްޖާގެ މަންމަގެ ބަންދަށް ރޭ 15 ދުވަސް ފުނަދޫ ކޯޓުން ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 29 އަހަރުގެ މަންމަ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. ށ ނޫމަރާގައި ކުއްޖަކު މަރާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ރޭ ފަތިހު 5:40 ހާއިރު އެވެ.
އެކުއްޖާގެ ހަށިގަނޑު ތަހްގީގަށް އިއްޔެ ކުޅުދުއްފުއްޓަށް ގެނައުމަށް ފަހު ރޭ ވަނީ އެކުއްޖާ ވަޅުލާފަ އެވ