twitterviber whatsapp telegramfacebookyoutube instagram
13th August 2026

މަސްތުވާތަކެއްޗާއެކު ހިރިމަރަދޫއިން މީހަކު ހައްޔަރުކޮށްފި

Feb 14, 2016

ހދ ހިރިމަރަދޫއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޮޕަރޭޝަނެއްގައި އެމީހާ ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައިވަނީ 12:35 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.

ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 247 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހްޤީޤް ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފަކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ މިހާރު ދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355