twitterviber whatsapp telegramfacebookyoutube instagram
12th September 2025

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އިހަވަންދޫން ހައްޔަރު ކުރި ދެމީހުން ދޫކޮށްލައިފި

Feb 14, 2016

ހއ  އިހަވަންދޫން ސިހުރު ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެމުން ޕޮލިސް މީޑިއާއިން ވިދާޅުވީ އެދެމީހުން ކޯޓުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކަމަށެވެ. އެދެމީހުން ދޫކޮށްލާފައި ވީނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ ސިހުރު ހެދުމާއި ގުޅުންހުރި ބައެއް ތަކެތިވެސް، ބަލައި ފާސްކުރި ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި 2 މީހުން ކޯޓުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު 5 ވަނަ ފަހަރަށް އިތުރު ކުރުމަށް ގެންދިއުމުންނެވެ. އެންމެ ފަހުން މި ދެމީހުންގެ ބަންދުގެ މުއްދަތަށް ޖަހާފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355