twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ ފެމެލީ ޗިލްރަން ސާރވިސް ސެންޓަރުން ” ލެޓްސް ލާރން ” ވޯކްސޮޕް ފަށައިފި

Feb 14, 2016

ޒުވާނުންނަށް އަމާޒުކޮށްގެން ހދ ފެމެލީ އެންޑް ޗިލްރަން ސާރވިސް ސެންޓަރުން ” ލެޓްސް ލާރން ”  ގެ ނަމުގައި ވޯކްޝޮޕް ފަށައިފި އެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ސޯޝަލް ސާވިސް އޮފިޝަރު އާސިމާ އަހުމަދު ވިދާޅުވީ މި ވޯކްޝޮޕަކީ ޒުވާނުން މިހާރަށްވުރެ ހޭލުންތެރިކުރުމުގެ މަގްސަދުގައި ފެށި ވޯކްޝޮޕެއް ކަމަށެވެ. ވޯކްޝޮޕަށް ކުދިން ނެގުމުގައި ވެސް ބަލާފައިވަނީ ސްކޫލު ނިންމާ ވަޒީފާއަކަށް ނުގޮސް ތިބޭ އުމުރުގެ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައިގަނޑު 11 ބައެއް މި ވޯކްޝޮޕްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ކެރިއަރ ގައިޑެންސް، ކެރިއަރ ޕްރެޝަރ،ކޮމިއުނިކޭޝަން ސްކިލް، ބުލީކުރުން، ޑިސްއޯޑަރ، އެންގަރ މެނޭޖްމެންޓް،ސިއްހީ މައްސަލަތަކާއި، ޖެންޑަރ ކޮންސެޕްޓާއި އެބިއުސް އަދި ތަފާތު ގާނޫނުތައް ވެސް މި ވޯކްޝޮޕްގަ ހިމެނިގެންދާނެ ކަމަށެވެ.

އާސިމާ ވިދާޅުވީ މިފަދަ އެހެން ވޯކްޝޮޕްތައް އަތޮޅުގެ އެހެން ރަށްރަށުގައި މިއަހަރު ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ ވޯކްޝޮޕަށް ބަލާފައި އަންނަ އަހަރު މިއަށްވުރެ އެޑްވާންސްކޮށް ވެސް މިފަދަ ވޯކްޝޮޕް ކުރިއަށްގެންދާނެ ކަމަށެވެ.

30 ދަރިވަރުންނާ އެކު މި ވޯކްޝޮޕްގެ ކުލާސްތައް ކުރިއަށްދަނީ ކުޅުދުއްފުށީގައި ހުންނަ ހދ ފެމެލީ ޗިލްރަން ސާރވިސް ސެންޓަރުގަ އެވެ.

މިވޯކްޝޮޕްގައި ކިޔަވައިދެއްވަނީ ޖަލާލުއްދީން ސްކޫލާއި ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަހާއި ޕޮލިސް އަދި ކުޅުދުއްފުށީ ޕަބުލިކް ހެލްތާއި އަފީފުއްދީން ސްކޫލުގެ ގާބިލް ބޭފުޅުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355