ޖަލާލުއްދީން ސްކޫލްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން ބުނެފި އެވެ.
އަހަރީ ދުވަސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ހާއްސަ އެސެންބްލީއެއް ބާއްވާފަ އެވެ. އެސެމްބަރީގައި ދިދަ ނެގުން ކުރިއަށް ގެންދިޔައީ ކެޑޭޓުންނެވެ.
ދުވަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕްރިންސިޕަލް މަހްދީ ޝާހިދު ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ވާންވަނީ ސްކޫލް ނިންމުމަށް ފަހު އަތޮޅާ ރަށަށް އަގުހުރި ހިދުމަތްތަކެއް ކޮށްދޭ ކުއްޖެއް ކަމަށާއި، އެހެން މީހުންނަށް އެހީވެދީ ކަންކަމުގައި އިސްނަގައި ކެރޭ ކުދިންނަށް ކަމަށެވެ.
އަދި ހުރިހާ ކުދިންވެސް މަސައްކަތް ކުރަންވަނީ ޖަލާލުއްދީން ސްކޫލަކީ މިސަރަހައްދުގައި ހުރި އެންމެ ކާމިޔާބު ސްކޫލަށް ސްކޫލަށް ހެދުމަށްކަމަށާއި، ސްކޫލެއް ކުރިއަރާނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންކަމަށްވެސް މަހުދީ ވިދާޅުވި އެެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ޓެލެންޓް ޝޯ ކުރިއަށް ދާނެ ކަމަށާއި މި ޝޯގައި ގެ މަގުސަދަކީ ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށާއި މި ޝޯގެ ތެރެއިން ވަރަށް ހުނަރުވެރި ކުދިންތަކެއް ފެންނަމުން ދާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.
މިދިޔަ އަހަރުވެސް ކޮންމެ ކުލާހަކުން އައިޓަމްއަކާއި އެކު އެސްކޫލުން ވަނީ ޓެލެންޓް ޝޯ އެއް ބާއްވާފަ އެވެ.