twitterviber whatsapp telegramfacebookyoutube instagram
18th May 2025

ފާއިތުވި އަހަރުތަކުގައި ޖަލާލުއްދީން ސްކޫލު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި

Feb 15, 2016

އަށާރަ އަހަރުގެ ތައުލީމީ ހަޔާތުން ޖަލާލުއްދީން ސްކޫލު ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތަކެއް ހޯދައިފައިވާކަމަށް ޕްރިންސިޕަލް މަހްދީ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސްކޫލުގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އެސްކޫލުގެ ޕްރިންސިޕަލް މަހްދީ ވިދާޅުވީ ރާއްޖޭގެ ނިސްބަތުންނާއި ސަރަހައްދީ ގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުން ތަކެއް ތަފާތު އެކި ރޮނގު ރޮނގުން ސްކޫލު ހޯދައިފައިވާ ކަމަށެވެ.

މަހްދީ ވިދާޅުވީ ކުރިއެރުމަކީ ހަމައެކަނި ތައުލީމީގޮތުން ކުއްޖާއަށް ލިބޭ ނަތީޖާނޫން ކަމަށާއި ކުރިއެރުމަކީ ތަފާތު އެކި ދާއިރާތަކުން ސްކޫލުގެ ތެރެއިން ފުރުސަތުތައް ލިބި އެފުރުސަތުތަކުގެ ތެރެއިން ކާމިޔާބު ކުއްޖަކަށް ވުން ކަމަށެވެ.

“ކުރިއެރުން މިބަލަނީ ހަމައެކަނި ތައުލީމީ ގޮތުން ލިބޭ ކުރިއެރުމެއް ނޫން ކުރިއެރުމަކީ ގިނަ ފުރުސަތުތަކާ އެކު ކުރިއަށް ދިއުމަށް ސްކޫލުގެ ތެރެއިން ލިބޭ ފުރުސަތުތައް. މިހާރު ބާކީ ވެގެން އެއްވެސް ކުއްޖަކު ނުދާނެ” މަހްދީ ވިދާޅުވި އެވެ.

ރާއްޖޭގެ ނިސްބަތުން ދަސްވާރާއި ބީޓެކް ފަދަ ޕްރޮގުރާމްތައް ވެސް އެންމެ ފުރަތަމަ ކިޔައިވަދޭން ފެށި އެއް ސްކޫލަކީ ޖަލާލުއްދީން ކަމަށާއި އޭގެ ސަބަބުން ކިޔެވުމަށް ދަށް ކުދިންނަން އިތުރު ފުރުސަތުތަކެއް ލިބިގެން ދިޔަ ކަން މަހްދީ ފާހަގަކުރެއްވި އެވެ.

“ހަމަ އެކަނި އަޅުގަނޑުމެން ބަލަންވީ މާކްސްތަކަކަށް ނޫން ކުއްޖާ ތަމްރީން ވެގެންދަނީ ކުއްޖާގެ ދިރިއުޅުމަށް ތައްޔާރުވެގެން ތޯ. ބީޓެކް މިރީޖަންވެސް ފުރަތަމަ ފެށި މިސްކޫލުގައި. އެއީ ވެސް ވަރަށް ބޮޑުކުރިއެރުމެއް” ޕްރިންސިޕަލް މަހްދީ ވިދާޅުވި އެވެ..

ހިޔުމަން ރައިޓްސް ކުލަބާއި ހެލްތް ކުލަބާއި ތިމާވެށި ކުލަބް ފަދަ ތަފާތު ގިނަ ކުލަބުތަކެއް ސްކޫލުގެ ފަހު ތާރީހްގައި އުފެދި ހިގަމުން އަންނަކަމަށާއި ކުލަބުތައް ތަފާތު ޕްރޮގުރާމްތައް ރާވާ ރާއްޖޭގެ ނިސްބަތުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ ސްކޫލަށް ރީތި ނަން ހޯދައިދީފައިވާ ކަމަށް މަހްދީ ވިދާޅުވި އެވެ.

ސްކޫލުތަކުގެ ރޯލަކަށްވާން ޖެހޭނީ ހަމައެކަނި ތައުލީމް ފޯރުކޮށްދިނުމެއް ނޫން އޭގެ ބަދަލުގައި ސްކޫލުތަކުން ޖެހޭނީ ކުއްޖާ ބިނާކުރުމުގެ ގޮތުން ތަފާތު ހުނަރުތަކާ އެކު މުޖުތަމައުއަށް ކުރިމަތިލުމުގެ ގާބިލްކަން އެފުރުސަތުތައް ހޯދައިދީ ދިރިއުޅުމަށް ތައްޔާރުކުރުންކަމަށް މަހްދީ ވިދާޅުވި އެވެ.

ފާއިތުވި ދެތިން އަހަރު ތެރޭގައި ސްކޫލު ހޯދައިފައިވާ ކުރިއެރުންތަކަށް ބަލާލަމުން މަހްދީ ޝާހިދު ވިދާޅުވީ ހުއްޓިފައިވާ ކެޑޭޓް ހަރަކާތްތަކާއި ބޭންޑްގެ ހަރަކާތްތައްވެސް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ސައިންސް ލެބޯޓްރީ ވެސް އަޕްގުރޭޑް ކޮށްފައިވާ ކަމަށާއި ލައިބްރަރީގައި އިންޓަނެޓްގެ ހިދުމަތްވެސް ދަރިވަރުންނަށް މިހާރު ލިބެންހުންނާނެ ކަމަށެވެ

އޭނާ ވިދާޅުވީ އެތްލެޓިކްސްއިން ވެސް އެސްކޫލުގެ ދަރިވަރުން ރާއްޖޭގެ ނިސްބަތުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށެވެ. އެގޮތުން ބައެއް އަހަރުތަކުގައި އެކި އުމަރު ފުރާއިން 1 ވަނަ ހޯދައިވާކަން މަހްދީ އުފަލައެކު ފާހަގަކުރި އެވެ.

މިއަހަރަށް އެންމެ އިސްކަމެއް ދެނީ އިގިރޭސި ބަހުގެ ވާހަކަ ދެއްކުންތެރިން އުއްފެދުމާއި ޤުރުއާންގެ ދަސްކޮށްދިނުން ކަމަށް މަހްދީ ވިދާޅުވީ އެވެ. އަދި ސްކޫލުގެ ގޯތިތެރޭގައިވާ ކުޅިވަރު ދަނޑުތައް ތަރައްގީކުރުމަށްވެސް މިއަހަރު ނިންމާފައިވާނޭ ކަމަށްވެސް އޭނަ ވިދާޅުވި އެވެ.

ސްކޫލު ހޯދައި ކާމިޔާބީތަކާއި ކުރިއެރުންތަކުގެ ފަހަތުގައި ވަނީ ހީވާގީ ޓީޗަރުންނާއި ސްކޫލުގެ މުވައްޒަފުން ކަން މަހްދީ ފާހަގަކުރެއްވި އެވެ.

އަލަށް ކަމެއް ފަށާއިރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެގޮތުން ކޮންމެ ކަމެއް އާ ކަމެއް ފަށާއިރުވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަހްދީ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355