twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މުޅި ރާއްޖެއަށް ހުޅުވާލި ފުރުސަތުގައި 30 ޕޮއިންޓަށް ވުރެ މަތިން ރޯހައުސް ލިބުނު ފަރާތްތަކުގެ ނަންތައް އާންމުކޮށްފި

Feb 15, 2016

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ މުޅި ރާއްޖެއަށް ހާއްސަކުރެވުނު 60 ރޯހައުސް ތެރެއިން 30 ޕޮއިންޓަަށް ވުރެ މަތިން މާކްސް ލިބިގެން 49 ފަރާތްތަކުގެ ނަން އާއްމުކޮށްފި އެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގުރާމުގެ ދަށުން ކުޅުދުއްފުށީގައި 160 ރޯހައަސް އަޅާފައިވާއިރު އެތަނުން  މުޅި ރާއްޖެއަށް ހާއްސަކުރެވުނު 60 ރޯހައުސް އަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 157 ފަރާތެއް ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިއެވެ. އަދި ބާކީވާ 11 ރޯހައުސް ލިބޭ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ އެ ލިސްޓުގެ ތެރެއިން 25 ޕޮއިންޓް ލިބިފައިވާ 24 ފަރާތެއްގެ މެދުގައި ގުރުއަތުލުމަށް ފަހުއެވެ.

އެގޮތުން 11 ރޯހައުސް ލިބޭ ފަރާތެއް ކަނޑައެޅުމަށް ގުރުއަތުލުން އޮންނާނީ މާރޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށި ކައުންސިލް އިދާރާގެ ހޯލްގައި ކަމަށް އެ އިދާރާއިން ބުނެއެވެެ. އަދި ހޮވިފައިވާ 24 ފަރާތް ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ހޯލަށް ވަޑައިގަތުމަށް ކައުންސިލުން އެދިލައްވައެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރެއިން ދެމަފިރިންނަކަށް ރޯހައުސް ދިމާވެއްޖެނަމަ އެދެމަފިރިއަކަށް ލިބޭނީ އެއް ރޯހައުސް ކަމަށާއި އެ ފަދަ ހާލަތުގައި ރޯހައުސް ރަޖިސްޓަރީކުރެވޭނީ ދެމީހުންގެ ނަމުގައި ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން އެއްވެސް ސަބަބަކާ ހުރެ ދޫކޮށްލެވޭ ފަރާތަކަށް ރޯހައުސް ހަވާލުކުރެވޭނީ 24 ފަރާތުގެ ތެރެއިން 10 ފަރާތެއް ހޮވުމަށްފަހު އެ 10 ފަރާތަށް ގުރުއަތު ނެގޭ ތަރުތީބުންނެވެ.

ގުރުއަތަކާ ނުލައި ރޯހައުސް ލިބުނު 49 ފަރާތާއި 11 ރޯހައުސްއަށް ގުރުއަތަށް ހޮވިފައިވާ 24 ފަރާތުގެ ނަން ތައް ކައުންސިލް އިދާރާގެ ނޯސްޓިސް ބޯޑުގައި ހުންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355