twitterviber whatsapp telegramfacebookyoutube instagram
15th February 2026

ތަޖުރިބާ ދަތުރެއްގައި ނެއްލައިދޫގެ ދަރިވަރުން އޭދަފުއްޓަށް ގޮސްފި

Feb 15, 2016

ހދ ނެއްލައިދޫ ގްރޭޑް 12 ގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި ބ އޭދަފުއްޓަށް ގޮސްފިއެވެ.

ނެއްލައިދޫ ސްކޫލްގެ ދަރިވަރުން އިއްޔެ އޭދަފުއްޓަށް ގޮސްފައިވާއިރު މި ދަތުރު މި ހަފްތާހެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ދަތުރުގެ މަގުސަދަކީ ގްރޭޑް 12 ގެ ދިވެހި ޕްރޮޖެކްޓުގެ “ދަތުރުނާމާ” އަށް މައުލޫމާތު ހޯދުމަށްކުރާ ދަތުރެއް ކަމަށާއި އަދި މި ދަތުރުގެ ތެރެއިން ބ.އަތޮޅު ތައުލީމީ މަރުކަޒަށާއި ބ އަތޮޅު މަދަރުސާއަށް ވަނީ ޒިޔާރާތްކޮށްފަ އެވެ.

އަދި މި ދަތުރުގެ ތެރެއިން ދަރިވަރުން ވަނީ ބ. ތައުލީމީ މަރުކަޒުގައި ކުލާސްތަކުގައި ކިޔަވައިދޭ ގޮތާއި އެތަނުގައި ހުރި ރިސޯސްތައް ބޭނުން ކުރަމުން އަންނަ ގޮތާއި، ސްކޫލްގެ މެނޭޖްމަންޓުން ދަރިވަރުންގެ ކަންކަމަށް ދޭ ސަމާލުކަން ދެނަގަތުމުގެ އިތުރުން އެ ސްކޫލްގެ ކުލާސްތަކުގެ ކިޔެވުން ތަޖުރިބާ ވެސް ކޮށްފަ އެވެ.

މީގެ އިތުރުން އޭދަފުށީގައި ހުރި ސަރުކާރުގެ އޮފީސް އަދި ބައެއް ކުންފުނި ތަކަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ މައުލޫމާތު ވެސް އެއްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355