twitterviber whatsapp telegramfacebookyoutube instagram
13th August 2026

ތަމްރީން ތަކުގައި ކިޔަވައިދޭނެ ޓްރެއިނަރުން ހޯދުމަށް އަތޮޅު ކައުންސިލުން އިއުލާން ކޮށްފި

Feb 16, 2016

ހދ އަތޮޅު ކައުންސިލުން ހދ އަތޮޅުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދޭނެ ޓްރެއިނަރުން ހޯދުމަށް އެ އިދާރާއިން އިއުލާން ކޮށްފި އެެވެ.

މި އިއުލާނުގައި 14 ދާއިރާއަކަށް ކިޔަވައިދޭނެ ފަރާތްތަށް ހޯދުމަށް އިއުލާންކޮށްފައި ވެއެވެ.

އެގޮތުން ޓްރެއިނަރުން ހޮވުމުގައި ތައުލީމާއި ކިޔަވައިދިނުމުގައި ހުރި ތަޖުރިބާއާއި މަސައްކަތުގެ ތަޖުރިބާއަށް ބެލޭނެ ކަމަށް މި އިއުލާންގައި ވެއެވެ.

އަދި ޓްރެއިނިންގ ނަންގަވައި ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އެ ފަރާތެއްގެ ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 23 ފެބުރުއަރީ 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހދ. އަތޮޅު ކައުންސިލް ހުށައެޅުމަށްވެސް މި އިއުލާންގައި ވެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާގެ ފެކް 6528875 ފެކް ކުރައްވައިގެބް ނުވަތަ [email protected] މެއިލް ކުރައްވައިގެން ޓްރެއިނީގެ މަގާމަށް ހުށައެޅުއްވޭނެއެވެ. އަދި ސިޓީ ފޮނުއްވަވާއިރު އެ ބޭފުޅެއް ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ދާއިރާތައް އެނގޭނެގޮތަށް ޖެއްސެވުމަށް އަތޮޅު ކައުންސިލުން އެދިވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355