twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފުރަތަމަ ލެގުގައި ޗެލްސީގެ މައްޗަށް ޕީއެސްޖީން ކުރި ހޯދައިފި

Feb 17, 2016

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް ޕީއެސްޖީން ކުރިހޯދައިފި އެވެ. އަމިއްލަ ދަނޑުގައި ޕީއެސްޖީން އިން ކުޅުނު މި މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ކުޅެފައިވާއިރު ޕީއެސްޖީއިން ލީޑު ހޯދީ މެޗުގެ 39 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށްގެންނެވެ. މިއީ ޕީއެސްޖީގެ އިބްރާހިމޮވިޗް ޕެނަލްޓީ އޭރިޔާގެ ކުރިމަތިން ލިބުނު ހިލޭ ޖެހުމުގައި ފޮނުވާލި ބާރު ބޯޅަ ދިފާއީ ފާރުގައި ހުރި ޗެލްސީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި ގޮސް ވަން ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ޗެލްސީއަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ކޯނަރެއްގައި ޖޯން އޮބި މިކެލް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ފަހު ފެށިގެން ޕީއެސްޖީން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޕީއެސްޖީގެ އެޑިންސަން ކަވާނީ ވަނީ ޑި މާރިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 2-1 އަށް ބަދަލުކޮށްލާފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ބެންފީކާއިން ވަނީ 1-0 އިން ޒެނިތު ބަލިކޮށްފަ އެވެ. މިއީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޖޯނަސް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޒެނިތުގެ ޑޮމިނިކޯ ކުރިސިޓޯއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ.

މިރޭވެސް ދެވަނަ ބުރުގެ ދެ މެޗު ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޖެންޓް އަދި ވޫލްފްސްބާގް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ރޯމާ އަދި ރިއަލް މެޑްރިޑް އެވެ. ދެ މެޗުވެސް ފެށޭޏީ މާލޭ ގަޑިން 00:45 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355