twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހޯރަފުށީގައި އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ ދައްކާލައިފި

Feb 18, 2016

އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސްއިން ފާހަގަކުރަމުންއަންނަ ޑިމޮކްރަސީ ހަފުތާގައި އެމްއެންޑީއެފްގެ ފަރާތުން ހއ.ހޯރަފުށީގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ދައްކާލައިފި އެވެ.

އިއްޔެ ހަވީރު ހޯރަފުށި ފުޓްބޯޅަ ދަނޑުގައި ކުރިޔަށްދިޔަ މި ޑްރިލް ޑިސްޕްލޭ އަށް ވަނީ ހޯރަފުށީ ގިނަ ރައްޔިތުންގެ ހޫނު ތަރުހީބެއް ލިބިފައިއެވެ.

މީގެ އިތުރުން މާދަމާ ހޯރަފުށި ބަނދަރު ސަރަހައްދުގައި ބާއްވާ އާއިލީ ހަވީރުގައިވެސް އެމްއެންޑީއެފްގެ ފަރާތުން މިއުޒިކަލް ޑްރިލް ޑިސްޕްލޭ ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ޑިމޮކްރަސީ ހަފްތާގެ ބައެއް ހަރަކާތްތައް ހޯރަަފުށީގެ އިތުރުން މާލޭގައިވެސް ކުރިޔަށްދާއިރު މި ހަރަކާތްތަކަށް 1.6 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެއެވެ. ނަމަވެސް ހަރަދުތައް ކުރާނީ މި ވީކްގައި ބައިވެރިވާ ކުންފުނިތަކުން ކަމަށްވާތީ، ދައުލަތުގެ ބަޖެޓުން މިކަމަށް ހަރަދު ކުރުމަށް ހަމަޖައްސާފައިވަނީ ފަސް ލައްކަ ރުފިޔާ ކަމަށް އިލެކްޝަންސް އިން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑިމޮކްރެސީ ހަފްތާއާއި ގުޅިގެން މިރޭ ހޯރަފުށި ބަނދަރު ސަރަހައްދުގައި ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވުމުގެ ގޮތުން ބައެއް މިނިވަން މުވައްސަސާތަކުގެ އިސްވެރިން ހޯރަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355