twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ލަނޑާނަގަން އުޅުނު ކުޅުދުއްފުށި މީހަކު ގެއްލިގެން ހޯދަން ފަށައިފި

Feb 21, 2016

ގއ ކޫއްޑޫ ފުއްޓަރުފަރާތަށް ލަނޑާނަގަން އެރި އުޅުނު ކުޅުދުއްފުށީ މީހަކު  ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ ކުޅުދުއްފުށި ބޮޑުދުނބުރިގެ، އަބުދުއް ރަޝީދު އަލީ (32އ) އެވެ. އޭނާ އާއެކު ލަނޑާނެގުމަށް ހަރަކާތްތެރިވި މީހާ ބުނިގޮތުގައި ރޭ ފަތިހު މޫދަށް ފޭބުމަށްފަހު އަބްދުއް ރަޝީދު އަލީ މިސްރާބު ޖަހާފައިވަނީ ގއ ވިލިގިއްޔާ ދިމާއަށްކަމަށް ފުލުހުން ބުނެއެވެ.

އަބުދުއްރަޝީދު ގެއްލުނު އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ސްވިމް ސޫޓެއް ކަމަށާއި އޭނާ ހުރީ ފެހިކުލައިގެ ފިންސަކަށް އަރައިގެން އެލުމިނިއަމް ކުލައިގެ އޮކްސިޖަން ފުޅިއެއް އަޅައިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.

އަބުދުއް ރަޝީދު އަލީ ގެއްލިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:15 ހާއިރު ފުލުހުންނަށް ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަބުދުއް ރަޝީދު އަލީ ގެއްލިފައިވާ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފި ނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355