twitterviber whatsapp telegramfacebookyoutube instagram
12th April 2026

ހދ އަށް ފަތުރުވެރިކަން ގެނައުމަށް ސަރުކާރުން ސަމާލުކަމެއް ނުދޭ : ހދ އަތޮޅު ރައީސް

Feb 21, 2016

ޓޫރިޒަމެއް ނެތް ހދ އަތޮޅަށް ފަތުރުވެރިކަން ގެނައުމަށް ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ސަޤީފް ވިދާޅުވެއްޖެ އެވެ.

” ޓޫރިޒަމް ނެތް ހދ އަށް ޓޫރިޒަމް ގެނައުމަށް ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ. ވުޖޫދުގައި ނެތް ރަށަކަށް ހަނިމާދޫ އެއާޕޯޓުން ދޮޅުގަޑި އިރުން ދެވޭ ރަށެއް އިއުލާންކޮށް.އިންވެސްޓަރުން ނުވިޔޭ ބުނިތާ އެއް އަހަރުވީ ” ޝޯޝަލް މީޑިއާގައި ޝަޤީފްކުރި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޝަގީފް ނެތް ރަށެއް ކަމަށް ސަޤީފް ވިދާޅުވެފައިވަނީ ކުޑަފަރުފަސްގަނޑެވެ. އަދި އެތަނަކީ 2014 ވަނަ އަހަރު ހދ އަތޮޅުގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެެރޭގައި ހިމެނޭ ޖޮގްރަފިކް ފަޅެކެވެ.

ސަރުކާރަށް ރައްދުވާގޮތަށް ސަޤީފް ވިދާޅުވީ ހދ ގައި ޓޫރިޒަމް ތަރައްގީކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށްވާ ނަމަ އެކަން ހައްލުކުރުމަށް ޕޮލިސީ ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރެވޭނީ ސަރުކާރުގެ ޕޮލިސީ ބަދަލުކޮށްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހއ އަދި ހދ އަތޮޅުގެ ފަސް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މިދިޔަ އަހަރު ވަނީ  އެ އިއުލާން ބާތިލް ކޮށްފި

ހދ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުކަމުގައި ވީނަމަވެސް އެ އަތޮޅުގައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުތަކުން ވަނީ ނުކުޅެދިފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355