twitterviber whatsapp telegramfacebookyoutube instagram
4th June 2025
ADVERTISEMENT

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ލޮލާއި ހަމުގެ ޑޮކްޓަރުން ނެތި ގިނަ ދުވަސްތަކެއް

Feb 21, 2016

ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލްގައި ލޮލާއި ކަމުގެ ހާއްސަ ޑޮކްޓަރެއް ނެތި ގިނަ މަސްތަކެއް ވެއްޖެ އެވެ.

ކުރިން ހުރި ލޮލުގެ ޑޮކްޓަރު ގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. އެއަށް ފަހުން އެހޮސްޕިޓަލުން ލޮލުގެ ހިދުމަތް ހުއްޓިފައި ހުންނަތާ 5 މަސް ވަނީ އެވެ.

ހަމުގެ ބަލީގެ ޑޮކްޓަރެއް ވެސް މިވަގުތަކު ނެތެވެ. ހަމުގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ހުއްޓިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ހަމުގެ ޑޮކްޓަރަކާއި ލޮލުގެ ޑޮކްޓަރެއް ހޯދައިދިނުމަށް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އަދި ޑޮކްޓަރެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ އައިޖީއެމްއެޗް ފިޔަވާ އެންމެ ގިނަ އަދަދެއް އާއްމުން ހިދުމަތް ހޯދަމުން އަންނަ ސަރުކާރު ހޮސްޕިޓަލެވެ. އެހެން ނަމަވެސް އެތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތް ކުރާތަނެއް ނުފެނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com