twitterviber whatsapp telegramfacebookyoutube instagram
12th April 2026

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ކުޅުދުއްފުއްޓަށް ވަޑައިގެންފި

Feb 21, 2016

ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.

އައިޝަތު ބިޝާމް ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. ހޯރަފުށީގައި ބޭއްވި ޑިމޮކްރަސީ ހަފްތާގައި ބައިވެރިވުމަށްފަހު ހއ ދިއްދޫއަށްވެސް  އެކަމަނާ ވަޑައިގެންފަ އެވެ.

ޕީޖީގެ މިދަތުރުގައި ކުޅުދުއްފުށީގައި ކައުންސިލާއި ޕޮލިހާއި އަދި ކޯޓާއި މާދަމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ޕީޖީ އޮފީހުގެ ގޮތްޕެއް ޤާއިމުކުރުމާ ގުޅޭގޮތުން އެއަތޮޅު ކައުންސިލާ މަޝްވަރާކުރެއްވި ކަމަށް ޕީޖީ މައުލޫމާތު ދެއެވެ.

މި ދަތުރު ހއ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ފުލުހުންގެ އިދާރާތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފައިވެ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަހްމޫދު ސަލީމްއާއި، 03 އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްއިން ކަމުގައިވާ އަލްއުސްތާޛާ ޖިހާދާ އަނީސް، އަލްއުސްތާޛް ޙުސައިން ނާޝިދު އަދި އަލްއުސްތާޛާ މަރިޔަމް ނިހާޔަތު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355