twitterviber whatsapp telegramfacebookyoutube instagram
12th September 2025

ޖަލާލުއްދީން ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލެއް ހޯދަނީ

Feb 21, 2016

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލެއް ހޯދުމަށް އިއުލާން ކޮށްފި އެެވެ.

މި މަގާމަށް ހުށައެޅުމުގެ އެންމެ ދަށް ޝަރުތަކީ ޓީޗިން ސާރވިސް އޮފިޝަރ 4 އެވެ. އަދި ލީޑިން ޓީޗަރުކަމުގެ މަގާމުގައި މަދުވެގެން 2 އުޅެ ތަޖުރިބާ ހުންނަ ޖެހެ އެވެ.

އަދި މީގެ އިތުރުން ސްކޫލު ހިންގުމުގެ ދާއިރާގެ އޮނިގަނޑު 4 މަތީގެ ސަނަދެއް އޮތުމާއި ކިޔަވައިދިނުމުގެ ދާއިރާގައި 2 އަހަރު އުޅިފައިވުން ޝަރުތުތަކުގައި ހިމެނެ އެވެ. މިމަގާމުގެ އެންމެ މަތީ ޝަރުތަކަށް ކަނޑައަޅާފައިވަނީ ޓީޗިން ސާރވިސް އޮފިޝަރ 11 އެވެ.

މި މަގާމަށް ފޯމްލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިމަހު 25 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. މިމަގާމަށް އެދި ފޯމް ހުށަހަޅަން ޖެހޭނީ ޖަލާލުއްދީން ސްކޫލު އޮފީހަށެވެ. އިންޓަވިއު ކުރުން އޮންނާނީ މިމަހު 29 އާއި މާރިޗް 6 ދެމެދު ޖަލާލުއްދީން ސްކޫލުގަ އެވެ.

ޖަލާލުއްދީން ސްކޫލަކީ މަތީ ސަނަވީ އަށް ކިޔަވައިދޭ ސްކޫލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355