twitterviber whatsapp telegramfacebookyoutube instagram
7th November 2025

ހއ ބާރަށުން މީހުން ދިރިއުޅެން 70 ގޯތި ދޫކުރަނީ

Feb 22, 2016

ހއ ބާރަށުން މިއަހަރު ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަަމަޖެހިފައިވާ 70 ބަންޑާރަ ގޯއްޗަށް އެދި ފޯމްލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިިފި އެެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ބާރަށު ސިއްހީ މަރުކަޒުގެ އުތުރުން ފެށިގެން މިހާރު ގޯތި ދޫކޮށްފައިވާ ސަރަހައްދުން 35 ގޯއްޗާއި ދެކުނުން އެރަށު އީދުކަލޭމަގުގެ އިރުދެކުނުން ދުވާފަރު މަގަގި ދެމެދު 16 ގޯއްޗާއި، ހިތަށް ފިނިވާމަގު ދެކުނުން އީދުކަލޭމަގާއި ދެމެދުން 11 ގޯއްޗާއި ހިތަށްފިނިވާމަގުގެ އުތުރުން ކަމަނާމަގު ދެމެދު 08 ގޯއްޗެވެ.

މިގޮތުން ދޫ ކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓް ގެ ގޯއްޗެވެ.

ގޯތިލިބޭ މީހުންގެ ޝަރުތު:

އުމުރުން 21 އަހަރު ވެފައިވާ މީހަކަށްވުން

ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލާ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން

ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައިނެތުން

ކައިވެނީގެ ގޮތުން ގުޅު ދިރިއުޅުމެއް ފަށާފައިވާ މީހަކު ކަމުގައި ވުން ހިމެނެ އެވެ.

މީގެ އިތުރުން ވެސް އިތުރު 8 ޝަރުތެއް ހިމެެނެއެވެ.

މިކަން އާންމުކޮށް އެއްގުމަށް އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ވަނީ ގޯތި ބޭނުންވާ ޝަރުތުތަށް ހަމަވާ ފަރާތްތަކުން ފޯރމް ފުރިހަމަ ކުރެއްވުމަށް ފަހު 16 ފެބްރުއަރީ 2016 ފެށިގެން 14 މާރޗް 2016 ވަނަ ދުވަހު 13:30 ގެ ކުރިން އެރަށު ކައުންސިލަށް ފޯމް ހުށައެޅުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355