twitterviber whatsapp telegramfacebookyoutube instagram
13th August 2026

ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ހަތަރު ތަނެއް ބަލައި ފާސްކުރަން ފަށައިފި

Feb 22, 2016

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައެއްގައި ކުޅުދުއްފުށީގެ ހަތަރު ތަނެއް ބަލައި ފާސްކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އެގޮތުން ޓެކުހަށް މަކަރު ހަދާ ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސް ކުރަނީ “ސުފުރާ މަތި” ކެފޭ އާއި “އޮއިވާލި” ފިހާރަ އާއި އޮއިވާލި ކޮންސްޓްރަކްޝަން ކާޕެންޓްރީގެ އޮފީހާއި “ޖޭއޭ ރެންޓަލްސް” ކަމަށް މިއަދު މިރާއިން ނެރުނު ބަޔާނެއްގައި ބުނެއެވެ.

މި ހަތަރު ތަނަކީވެސް ކުޅުދުއްފުށީ ވަގުތު، ޖައުފަރު އަލީގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނެވެ. އަދި މި ތަންތަން ބަލައި ފާސްކުރަނީ ޖަޢުފަރު ޢަލީ ޓެކުހަށް މަކަރު ހަދާކަމަށް އަމިއްލަ ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށް މީރާ އިން ބުނެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބުނާ ގޮތުން، ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ނުވަތަ ހިމަނަންޖެހޭ މައުލޫމާތެއް ނުހިމެނުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބެލެވޭނެ އެވެ. އަދި އެ ކުށްކުރި މީހެއްގެ އަދަބަކީ ތިން މަހާއި އެއް އަހަރާއި ދެމެދުގެ މުއްދަތަށް ގޭގައި ބަންދު ކުރުން ކަމަށް ގާނޫނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355