twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއްގައި ކުޅުދުއްފުށި މީހަކު ހޯދަނީ

Feb 24, 2016

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ޕޮލިހުން ކުޅުދުއްފުށި މީހަކު ހޯދަމުން އެބަދެއެެވެ.

ފުލުހުން ހޯދަމުން ދަނީ ކުޅުދުއްފުށި ކަސްތޫރިގެ، މުހައްމަދު އަބްދުﷲ(46އ) އެވެ. ފުލުހުން މިއަދު ނެރެފައިފަވާ ބަޔާނެގައި ވާގޮތުން މި މީހާއަކީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެކެވެ.

އެހެންކަމުން މުޙައްމަދު ޢަބްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355