ހދ. އަތޮޅު ކައުންސިލްގެ 2 ވަނަ ދައުރުގެ ކުރިއަށް އޮތް އަހަރުގެ ރައީސަކަށް، ނޮޅިވަރަމު ދާއިރާގެ މެމްބަރު އަލްފާޟިލް އަހުމަދު އިބްރާހީމް އަދި ނާއިބު ރައީސަކަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްފާޟިލް އަބުދުއްލަތީފް ހަސަން އިންތިހާބު ކުރައްވައިފިއެވެ.
26 ފެބްރުއަރީ 2016 ވަނަ ދުވަހުން ފެށިގެން 1 އަހަރު ދުވަހަށް އެކައުންސިލް ރައީސް އަދި ނާއިބު ރައީސްގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރެއްވީ، މިއަދު ބޭއްވި އެކައުންސިލްގެ 2 ވަނަ ދައުރުގެ 99 ވަނަ އާއްމު ބައްދަލުވުމުގައެވެ.
އެގޮތުން، ކުރިއަށް އޮތް އަހަރުގެ ރައީސްކަމަށް އަހުމަދު އިބްރާހީމް އިންތިހާބުވީ، ޖަލްސާގައި ބައިވެރިވެލެއްވި 6 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ނާއިބު ރައީސްގެ މަގާމަށް އަބްދުއްލަތީފް ހަސަން އިންތިހާބުވީވެސް 6 ވޯޓު ލިބިގެންނެވެ. އެދެބޭފުޅުންގެ އިތުރުން، އެދެމަގާމަށްވެސް އެހެން މެމްބަރަކު ކުރިމަތި ލައްވާފައެއް ނުވެއެވެ.
ހދ.އަތޮޅު ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ވާގޮތުން ކައުންސިލްގެ ރައީސް އަދި ނައިބްރައީސްގެ މަޤާމުގެ މުއްދަތަކީ 1 އަހަރެވެ.