twitterviber whatsapp telegramfacebookyoutube instagram
13th August 2026

ދިއްދޫ ކައުންސިލަރ ޖިބްރީލް މުޖުތަބާ ޕީޕީއެމްއަށް ސޮއިކުރައްވައިފި

Feb 25, 2016

ހއ ދިއްދޫ ކައުންސިލަރ ޖިބްރީލް މުޖުތަބާ ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

މެމްބަރު ޖިބްރީލް މުޖުތަބާ ރޭ ޕީޕީއެމަށް ސޮއިކުރުމާއެކު އެރަށު ކައުންސިލުގެ މެޖޯރިޓީ ޕީޕީއެމް އިން ވަނީ ނަގާފައިއެވެ.

ކައުންސިލް މެމްބަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވި ޖިބްރީލް މުޖުތަބާ ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކުރައްވައި ފޯމް ހަވާލުކޮށްފައިވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއެވެ.

ހއ ދިއްދޫ ކައުންސިލުގައި މިވަގުތު ތިއްބަވަނީ ޖުމްލަ 6 މެމްބަރުންނެވެ. އެއީ ޕީޕީއެމްއަށް ނިސްބަތްވާ 4 މެމްބަރަކާއި އެމްޑީޕީއަށް ނިސްބަތްވާ 2 މެމްބަރުންނެކެވެ. އޭގެ ތެރެއިން ހއ ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާންއަކީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355