twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގައްބެއަށް މަކުނުދޫއިން ލިބުނީ ހޫނު މަރުހަބާއެއް

Feb 27, 2016

ޓޫރިޒަމް ޕްރޮމޯޓްކުރަން ކަޓަމަރާންއެއްގައި ރާއްޖެ ވަށައި ދަތުރު ކުރަމުން އަންނަ އަބްދުލްޣަފޫރު އަލީ (ގައްބެ) އަށް ހދ މަކުނުދޫއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ގައްބެއަށް މަރުހަބާ ކިޔުމުގެ ގޮތުން އެރަށުގެ ކުދި ބޮޑު އެންމެމެން އިއްޔެ ހަވީރު ވަނީ އެރަށުގޮނޑު ދޮށަށް ނުކުމެފައެވެ. އެހެން ރަށް ރަށާއި ހިލާފަށް މަކުނުދޫގައި ގައްބެއަށް މަރުހަބާ ކިޔުމަށް ކުރީސަފުގައި ތިބީ އެރަށުގެ ދުވަސްވީ މީހުންނެވެ.

ގައްބެއަށް މަރުހަބާ ކިއުމަށް ނުކުމެ ތިބި އެރަށުގެ ދުވަސްވީ މީހުން: ފޮޓޯ- އެޓޯލް ސެއިލާ

މަކުނުދޫ ކައުންސިލް އިދާރާއިން ބުނިގޮތުގައި، ގިނަ ބައެއްގެ ލޯބި ލިބިފައިވާ މީހަކަށް މަރުހަބާ ކިޔުމަށް އުމުރުން ދުވަސްވީ މީހުން ނެރުނީ އެ މީހުންނަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް ޝާކިރު މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ގައްބެއަށް މަރުހަބާ ކިޔަން ރަށުގެ ހުރިހާ ރައްޔިތުން ތައްޔާރުވަމުން އަންނަ ކަމަށާއި ކުރުފައްޔާއި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކަކުން ގައްބެއަށް ހޫނު މަރުހަބާއެއް ކިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ރޭ ގައްބެ އެރަށުގައި މަޑުކުރުމުން ރޭގަނޑުގެ ކެއުމެއްގެ ގޮތުގައި އެ ރަށު ރައްޔިތުން ވަނީ ބާބަކިއުއެއް ހަދާފަ އެވެ. އަދި މިއަދު ހެނދުނު ގައްބެ ވަނީ އެ ރަށުގެ އެކި ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.

މަކުނުދޫއިން ފުރައިގެން ގައްބެ ދެން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ށ ކަނޑިތީމަށެވެ. އެއަށްފަހު ހއ ތުރާކުނަ ދަތުރުކުރުމަށް ފަހު ގައްބެ ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355