twitterviber whatsapp telegramfacebookyoutube instagram
18th May 2024

ގައްބެ މިއަދު ކުޅުދުއްފުއްޓަށް އަންނަނީ، ތައްޔާރީތައް މެކުހަށް

Feb 28, 2016

ރާއްޖެ ވަށައި ކަތަމަރާނެއްގައި ދަތުރުކުރުމަށް މިހާރު ކަނޑަށް ނިކުމެފައި ހުރި އަބުދުލް ޢަފޫރް އަލީ (ގައްބެ) މިއަދު ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިއްޖެ އެވެ.

ކުރިން ގައްބެ ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވީ މާދަމާ އެވެ. ނަމަވެސް ދަތުރު އަވަސްވެ ގައްބެ މިހާރު ދަތުރު ކުރަމުން އަންނަނީ ކުޅުދުއްފުއްޓަށެވެ. ލަފާކުރާ ގޮތުގައި ގައްބެއަށް ކުޅުދުއްފުއްޓަށް އާދެވޭނީ މިއަދު ހަވީރު 4 ޖަހާއެހާއިރު އެވެ.

ކުޅުދުއްފުއްޓަށް މިއަދު ގައްބެއަށް މަރުހަބާ ކިއުމަށް ވީހާވެސް ގިނަ ބަޔަކު ދިއުމަށް ކައުންސިލުން އެދެ އެވެ. ގައްބެ އައުމަށް ހަމަޖެހިފައިވަނީ ކަސްޓަމް ސަރަހައްދު މޫދު އެރޭ ދިމާއަށެވެ.

މިއަދު ގައްބެ އަންނާތީ ހޫނޫ މަރުހަބާއެއް ކިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ގައްބެއަށް މަރުހަބާ ކިއުން އޮންނާނީ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތްތަކާ އެކު އެވެ. އެއަށް ފަހު އަންހެންވެރިންގެ ވެދުމާ ދިއުންވެސް އޮންނާނެ އެވެ.

އަމިއްލަ ފަރާތަކުން ހަދާ ސްވިމިންގ ސްކޫލެއް ހުޅުވުންވެސް މިއަދު ހަވީރު އޮންނާނެ ކަމަށާއި އެއަށްފަހު އޮންނާނީ ސައިކަލުގައި ގައްބެއަށް ރަށުތެރޭ ދައްކާލުން ކަމަށް ކައުންސިލް ބުނެ އެވެ.

އަދި ހަމަ މިއަދު ހަވީރު އެކަމާ ގުޅުވައިގެން މަސްރޭހެއް ވެސް ވަނީ ބޭއްވުމަށް ހަމަޖެހިފަ އެވެ. މަސްރޭހުގައި ދިހަ ޓީމް ވަނީ ބައިވެރިވެފަ އެވެ. މަސްބާނައިގެން ލެފުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު އެވެ. އެއާއެކު ހުޅުވާލައިގެން ބާއްވާ ބާބަކިއުއެއް ވެލިގަނޑުގެ ހަޓާ ދިމާލުގައި ކުރިއަށްދާނެ އެވެ.

ގައްބެގެ މިދަތުރުގައި ތިލަދުންމަތީގެ 4 ރަށަކަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ހދ މަކުނުދޫ އާއި ހއ ތުރާކުނު، އުލިގަމު އަދި ދިއްދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355