twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޅުދުއްފުށިން ގައްބެއަށް ރަސްކަލެއްްގެ ދަރަޖައިގެ މަރުހަބާއެއް

Feb 28, 2016

ރާއްޖެ ވަށައި ކަތަމަރާނެއްގައި ދަތުރުކުރުމަށް މިހާރު ކަނޑަށް ނިކުމެފައި ހުރި އަބުދުލް ޢަފޫރް އަލީ (ގައްބެ) މިއަދު ކުޅުދުއްފުއްޓަށް އައުމުން އޭނާއަށް ރަސްކަލެއްގެ ދަރަޖައިގެ މަރުހަބާއެއް ކިޔައިފި އެވެ.

މިއަދު ހަވީރު 4 ޖަހާއިރު ގައްބެ ކުޅުދުއްފުއްޓަށް އައިއިރު އޭނާއަށް މަރުހަބާ ކީ އެރަށުގެ ސަގާފީ ކުޅިވަރު ހިއްޗަށްވަޑައިގަތުމުގެ ތެރެއިނެވެ. ގައްބެއަށް އެންމެ ފުރަތަމަ މަރުހަބާއެއް ކީ “ރަސްގެފާނު” އެވެ.އެއަށް ފަހު ގައްބެއަށް ހާއްސަކޮށް ހަދާފައިވާ ހަޓަށް ގެންގޮސްފައިވަނީ ރަސްގެފާނާއެކު ރަސްމީ އިއްޒަތުގަ އެވެ.

ހިއްޗަށްވަޑައިގަތުމަކީ އެންމެ މަތީ ދަރަޖައިގެ ރަސްމީ، ޝާހީ ހިނގާލުމެކެވެ. މި ދައްކަނީ ރަދުން ރަސްމީ ވާޖިބުތަކެއް އަދާކުރެއްވުމަށް، ހަތްކޮޅުނަގާބޭކަލުންނާއިއެކު ރަސްމީޢިއްޒަތުގައި ވަޑައިގަންނަވާ ވަޑައިގަތުމެއްގެ ވާހަކައަކަށް ބިނާކޮށް ކުޅުދުއްފުށިގައި ކުޅެވޭ ހާއްސަ ކުޅިވަރެކެވެ.

ގައްބެގެ އަރިހަށް ކުޅުދުއްފުށީގެ އަންހެންވެރީން ވަނީ ވެދުމާވެސް ގޮސްފަ އެވެ. މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސޭވިން ސްކިލްގެ ޓްރެއިއިން ސްކޫލުގެ ނޯތް ރީޖަންގެ ގޮފީ ސްކޫލެއް ކުޅުދުއްފުށިގައި ހުޅުވާދެއްވި އެވެ.

އަދި މިކަމާ ގުޅުވައިގެ މަސްރޭހެއް ކުރިއަށްގެންދެ އެވެ. ދިހަ ޓީމް ބައިވެރިވާ މަސްރޭހުގެ ދޯނިތައް މިހާރުވަނީ މަހަށް ފުރާފަ އެވެ. މި މަސްރޭހުގެ ނަތީޖާފާޅުކުރުން މިރޭ 9 ޖަހާއިރު ވެލިގަނޑުގައި ހުންނަ ހަޓް ކައިރީގައި ކުރިއަށްދާނެ އެވެ. އެއަށްފަހު ހުޅުވާލައިގެން ކުރިއަށްގެންދާ ބާބަކިއުއެއް އެތަނުގައި ބެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355