twitterviber whatsapp telegramfacebookyoutube instagram
12th April 2026

ގައްބެ ކުޅުދުއްފުށީގައި ސްވިމިން ސްކޫލެއް ހުޅުުވައިދީފި

Feb 28, 2016

އަމިއްލަ ފަރާތަކުން ހެދި ސްވިމިންގ ސްކޫލެއް އަބުދުލް ޢަފޫރް އަލީ (ގައްބެ) ކުޅުދުއްފުށީގައި ހުޅުވައިދީފި އެވެ .

ގައްބެ މި ސްވިމިން ސްކޫލް ހުޅުވައިދެއްވީ ރާއްޖެ ވަށައި ކަތަމަރާނެއްގައި ކުރަމުންދާ ދަތުރުގައި މިއަދު ކުޅުދުއްފުއްޓަށް އައިސް ހުރި ދަނޑިވަޅެއްގައިއެވެ.އެތަން ހުންނާނީ ބަނަފްސާ ގޭގަ އެވެ.

މި ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ގައްބެ ވިދާޅުވީ މި ފަދަ ސްވްމިން ސްކޫލެއް ހުޅުވާދިނުމުގެ ޝަރަފު ގައްބެއަށް ލިބުނީމަ ވަރަށް ހިތްހަމަޖެހިއްޖެ ކަމަށާއި ކުޅުދުއްފުއްޓަށް އައުމުން ރަށުން ލިބިގެންދިޔަ މަރުހަބާ ވަރަށްވެސް ފުރިހަމަ ކަމަށެވެ.

“މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސޭވިން ސްކިލް ޓްރެއިއިން ސްކޫލް”ގެ ނަމުގައި ހުޅުވި މި ސްކޫލްގެ ޖާޒީ މި ރަސްމިއްޔާތުގައި ދައްކާލައިފަވެއެވެ.

ކުޅުދުއްފުށިން ގައްބެއަށް މަރުހަބާ ކިޔުމުގެ ގޮތުން ވަރަށް ގިނަ ރައްޔިތުންނެއް މިއަދު ރަށުގެ ބަނދަރު ސަރަހައްދަށް ވަނީ އެއްވެފައިއެވެ. އޭނާއަށް މަރުހަބާ ކީ އެރަށުގެ ސަގާފީ ކުޅިވަރު ހިއްޗަށްވަޑައިގަތުމުގެ ތެރެއިނެވެ. އޭގެ އިތުރުންގައްބެގެ އަރިހަށް ކުޅުދުއްފުށީގެ އަންހެންވެރީން ވަނީ ވެދުމާވެސް ގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355