twitterviber whatsapp telegramfacebookyoutube instagram
18th May 2024

ގައްބެ ކުޅުދުއްފުއްޓަށް އައުމާ ގުޅިގެން ބޭއްވި މަސްރޭސް ކަހަނބު ޓީމް ކާމިޔާބުކޮށްފި

Feb 28, 2016

ރާއްޖެ ވަށައި ކަތަމަރާނެއްގައި ކުރަމުންދާ ދަތުރުގައި ގައްބެ މިއަދު ކުޅުދުއްފުއްޓަށް އައުމާ ގުޅިގެން އެލިއާއިން ބޭއްވި މަސްރޭހުގެ އެއްވަނަ ކަހަނބު ޓީމް ހޯދައިފިއެވެ.

އެގޮތުން އެއްވަނައަށް ދިޔަ ޓީމަށް ލިބިފައިވަނީ 5 ހޯސްޕަވަރު ހުރި 25000ރ ގެ ޔަމަހާ އައުޓްބޯރޑް އިންޖީނެކެވެ.

މި މަސްރޭހުގައި 10 ޓީމު ބައިވެރިވެފައިވާއިރު ކަހަނބު ޓީމް އެއްވަނަ ހޯދާފައިވަނީ 107.28 ކިލޯގެ މަސްބާނައިގެންނެވެ. މި މުބާރާތުގައި ދެވަނައަށް ދިޔަ ސްޕީޑު ޓީމުން ވަނީ 70.38 ކިލޯގެ މަސްބާނާފައިއެވެ.

އެލިޔާގެ ޖެނެރަލް މެނޭޖަރ އަހުމަދު ސައީދު މިރޭ ވާހަކަދައްކަވަނީ–

ކުޅުދުއްފުށި ވޯޓާ ސްޕޯރޓްސް ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި އެއްވަނަ ހޯދި ޓީމަށް އިނާމް ހަވާލުކޮށްދެއްވީ އަބުދުލް ޢަފޫރް އަލީ (ގައްބެ) އެވެ.

ގައްބެ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވަނީ މޮޅުވިޓީމަށް މަރުހަބާ ދަންނަވާ ކުޅުދުއްފުށިން ގައްބެއަށް ލިބިގެން ދިޔަ ހޫނުގަދަ މަރުހަބާއަށް ރަށުގެ ރައްޔިތުންނަށް ހާއްސަ ޝުކުރު ދަންނަވާފައިއެވެ.

ޔަމަހާގެ ދުވަސްވީ ކަސްޓަމަރުންނަށް އެލިޔާއިން ހަދިޔާ ހަވާލުކުރަނނީ–

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވަނީ ގައްބެ އައުމާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުނު ހަރަކާތްތައް ކުލަގަދަކޮށް ކުރިޔަށް ގެންދިޔުމަށް އެހީވެދިން އެކި މުއައްސަސާތަކަށާއި ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައިއެވެ.

މަސްރޭހުގައި ބައިވެރިވި ކަސްޓަމްސް ޓީމް–

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ޔަމަހާގެ ދުވަސްވީ ކަސްޓަމަރުންނަށް އެލިއާގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައިއެވެ. ހަދިޔާ ހަވާލުކޮށްދެއްވީ ގައްބެގެ އިތުރުން އެލިއާގެ ޖެނަރަލް މެނޭޖަރ އަހުމަދު ސައީދު އެވެ.

މަސްރޭހުގައި ބައިވެރިވި ފަހިދުވެލި ޓެކްސީ ސެންޓަރުގެ ޓީމް–

އަދި މި ރަސްމިއްޔާތު ކުރިޔަށް ދިޔަ ވަގުތު އެ ސަރަހައްދުގައި އާންމުންނަށް ހުޅުވާލައިގެން ހާއްސަ ބާބަކިއުއެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355