ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލެއް ހޯދުމަށް އިއުލާން ކޮށްފި އެެވެ.
މި މަގާމަށް ހުށައެޅުމުގެ އެންމެ ދަށް ޝަރުތަކީ ޓީޗިން ސާރވިސް އޮފިޝަރ 4 އެވެ. އަދި ލީޑިން ޓީޗަރުކަމުގެ މަގާމުގައި މަދުވެގެން 2 އުޅެ ތަޖުރިބާ ހުންނަ ޖެހެ އެވެ.
އަދި މީގެ އިތުރުން ސްކޫލު ހިންގުމުގެ ދާއިރާގެ އޮނިގަނޑު 4 މަތީގެ ސަނަދެއް އޮތުމާއި ކިޔަވައިދިނުމުގެ ދާއިރާގައި 2 އަހަރު އުޅިފައިވުން ޝަރުތުތަކުގައި ހިމެނެ އެވެ. މިމަގާމުގެ އެންމެ މަތީ ޝަރުތަކަށް ކަނޑައަޅާފައިވަނީ ޓީޗިން ސާރވިސް އޮފިޝަރ 11 އެވެ.
މި މަގާމަށް ފޯމްލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާރިޗްމަހުގެ 7 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މިމަގާމަށް އެދި ފޯމް ހުށަހަޅަން ޖެހޭނީ އަފީފުއްދީން ސްކޫލު އޮފީހަށެވެ..
އަފީފުއްދީން ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން އޯލެވެލްއާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.