ދާދީ ދެންމެއަކު ކުޅުދުއްފުށީ ދެކުނުކޮޅު ބޭރުން ނަގޫރޯޅިއެއް ފެނިއްޖެ އެވެ.
މަންޒަރު ދުށް ފަރާތްތަކުން “ކުޅުދުއްފުށި އޮންލައިނަށް” ބުނީ ނަގޫރޯޅި ފެނިފައިވަނީ ކުޅުދުއްފުށީ ދެކުނުކޮޅު ބޭރުން ކަމަށާއި އެރޯޅި ގާތްގަނޑަކަށް 10 މިނިޓް ހުރި ކަމަށެވެ.
ނަގޫރޯޅީގެ މިސްރާބު އެސަރަހައްދުން ކުޑަތަންކޮޅަކަށް ހުޅަނގަށް ދަތުރުކުރުމަށް ހިނދުނީ އެވެ.
ނަގޫރޯޅި ފެނިފައިވަނީ ކުޅުދުއްފުށީ ދެކުނުކޮޅު ބޭރުން –ފޮޓޯ: ސަޤީފް
މިއަދު މެންދުރު ބާރަ ޖަހާއިރު ފެނުނު މި ނަގޫރޯޅިއާ ބެހޭ ގޮތުން މައުލޫމާތު ހޯދާލުމަށް މޫސުމާ ބެހޭ އިދާރާއަށް ގުޅާލުމުން ބުނީ ކުޅުދުއްފުށީ ބޭރުން ނަގޫރޯޅިއެއް ފެނުނުކަމުގެ ރިޕޯޓްކޮށްފައި ނުވާ ކަމަށާއި ނަމަވެސް މިއަދު ހަނިމާދޫ ކައިރިން ނަގޫރޯޅިއެއް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
2011 ވަނަ އަހަރުވެސް ކުޅުދުއްފުށީ އުތުރު ބަނދަރު ބޭރުން ބާރުގަދަ ނަގޫރޯޅިއެއް ވަނީ ފެނިފަ އެވެ.