twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހއ. ތައުލީމީ މަރުކަޒުގައި މަލްޓިޕާޕޯސް ހޯލެއް އެޅުމަށް ވޭވް ލެންތު ކޮމްޕެނީއާ ހަވާލުކޮށްފި

Feb 29, 2016

ހއ. ތައުލީމީ މަރުކަޒުގައި މަލްޓި ޕާޕޯސް ހޯލެއް އިމާރާތް ކުރުމަށް އަށް ވޭވް ލެންތު ޕްރައިވެޓު ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމައިލް އަލީ އެވެ. އަދި ވޭވް ލެންތު ޕްރައިވެޓު ލިމިޓެޑުފެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޔޫނުސް އިބްރާހިމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމައިލް އަލީ ވިދާޅުވީ އެ ސްކޫލްގައި އެފަދަ ހޯލެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށާއި 2017 ވަނަ އަހަރު ފެށޭއިރު މަލްޓިޕާޕޯސް ހޯލު އަޅައި ނިމި ދަރިވަރުންނަށް ބޭނުން ކުރެވެން ފެށޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމައިލް އަލީ ވާހަކަ ދައްކަވަނީ–ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

ހޯލުގެ މަސައްކަތް 290 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު އެ ހޯލަކީ ވޯލްޑު ބޭންކު ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރެވޭ ހޯލެކެވެ. އަދި ހޯލުގެ އަމަލީ މަސައްކަތް މާދަމާ ފައްޓާނެ ކަމަށްވެސް އިބްރާހިމް އިސްމައިލް ވިދާޅުވި އެވެ.

“މިއީ ވޯލްޑު ބޭންކުގެ އެހީގައި އަޅުގަނޑުމެންނަށް ލިބިފައި އޮތް ޕްރޮޖެކްޓެއް. ވޯލްޑު ބޭންކުގެ 12 ޕްރޮޖެކްޓުގެ ތެރެއިން މިހާރު ހަ ޕްރޮޖެކްޓު މި ނިމުނީ، ސޮއި ކުރުމާ ގުޅިގެން ހަ ޕްރޮޖެކްޓުގެ މަސައްކަތް ފެށިގެން އެ ދިޔައީ.” އިބްރާހިމް އިސްމައިލް ވިދާޅުވި އެވެ.

ހއ. ތައުލީމީ މަރުކަޒުގައި ޖުމްލަ 748 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެއެވެ. އެ ސްކޫލަކީ އެލްކޭޖީ އިން ފެށިގެން ގްރޭޑު 11 އާ ހަމައަށް ކިޔަވަދޭ ސުކޫލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355