twitterviber whatsapp telegramfacebookyoutube instagram
14th July 2025

ދިއްދޫ ފެނުގެ ނިޒާމް ގާއިމް ކުރުމަށް އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި

Feb 29, 2016

ހދ ދިއްދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް އިންޑިޔާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ހއ.ދިއްދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް 52.7 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.

ސިއެރާ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށް ނިންމާގޮތަށެވެ. އަދި އެއްބަސްވުމުގެ ދަށުން ފެނުގެ ނިޒާމް ގާއިމު ކުރުމަށް ބޭނުންވާ ސާވޭ އަދި ޑިޒައިންގެ މަސައްކަތް ކުރެވި މުޅި ރަށުގައި ފެނުގެ ނިޒާމު ގާއިމު ކުރެވިގެންދާނެ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތްތަނުގައި ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355