twitterviber whatsapp telegramfacebookyoutube instagram
18th May 2024

އުރީދޫއިން މޯބައިލް މަނީގެ ހިދުމަތް ތައާރަފް ކޮށްފި

Feb 29, 2016

އުރީދޫއިން ރާއްޖެއަށް މުޅިން އަލަށް މޯބައިލް މަނީގެ ހިދުމަތް ތައާރަފްކޮށް ޕައިލޮޓް ސްޓޭޖް ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި އެކު އުރީދޫއިން ގާއިމްކުރި މި ޕާޓްނާޝިޕްގެ ދަށުން މިއަދު އުރީދޫއިން މި ގާއިމްކުރި މޮބައިލް މަނީގެ ހިދުމަތާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި ރައްކާތެރިކަމާއި އެކު ފައިސާގެ މުއާމާކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މޮބައިލް މަނީގެ ޕައިލޮޓް ސްޓޭޖްގައި މި އުފެއްދުންތެރި ހިދުމަތް ލިބިގެންދާނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މޮބައިލް މަނީގެ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާ ކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

މި ހިދުމަތަށް ރަޖިސްޓްރީ ކުރައްވަން ބޭނުން ވަ ފަރާތްތަކަށް #789* އަށް ގުޅާލުމުން އެ ހިދުމަތް ރަޖިސްޓާ ކުުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.

މޮބައިލް މަނީގެ ހިދުމަތުގައި ހިމެނޭ ވަރޗުއަލް ވޮލެޓް އެއް ކަމަށްވާ “އެމް ވޮލެޓް” މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯންގެ ޔޫއެސްއެސްޑީ ނުވަތަ މިހިދުމަށް ހާއްސަ މޮބައިލް އެޕް ބޭނުން ކުރައްވައިގެން ފައިސާ ޖަމާކުރައްވާ ފައިސާ ނަންގަވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ ޕްރިޕެއިޓް އެކައުންޓް ރީޗާރޖްކޮށް އަދި ޕޯސްޓް ފެއިޓް ބިލް ދެއްކެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355