twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހއ އަތޮޅުގެ 2 ރަށަކަށް މިއަދު ރައީސް ވަޑައިގަންނަވަނީ

Mar 1, 2016

ހއ އަތޮޅުގެ ދެ ރަށަކަށް ރަސްމިީ ދަތުރުފުޅެއްގައި މިއަދު ރައީސް އަބްދުﷲ ޔާމިން ވަޑައިގަތުމަށް ހަމަޖެހިއްޖެ އެެވެ.

ދެ ދުވަހުގެ ދަތުރުފުޅަކަށް ރަޢީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ އުތީމަށާއި އެއަތޮޅު ވަށަފަރަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެ ދެ ރަށުގެ ބަނދަރު ހުޅުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރައީސް ހއ. އަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނީ މިއަދު 11:00 ޖަހާއިރު ކަމަށެވެ.

ރައީސްއަށް މަރުހަބާ ދެންނެވުމަށް އެ ދެރަށުންވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ރައީސް ވަނީ މިދިޔަ ޑިސެމްބަރު މަހު ގައުމީ ދުވަހުގެ ހާއްސަ ރަސްމީ ޖަލްސާއަށް އުތީމަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި އުތީމު ބަނދަރު ސަރައްދުގައި ހަދާފައިވާ ކަޅުއޮއްފުންމީގެ ހަނދާނީ ބިނާ ރައީސް ވަނީ ހުޅުވައިދެއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355