ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެއްވެސް ފަރާތަކުން ނަން ހުށައަޅާފައި ނުވާތީ އިންތިހާބް ބޭއްވޭ ގޮތް ނުވެ ކެންސަލް ވެއްޖެ އެވެ.
އަންހެނުންގެ ކޮމެޓީއަށް ނަންހުށައެޅުމަށް ހުޅުވާލާފައި ފުރުސަތު ހަަމަވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު 15 ދުވަހަށެވެ. އަދި އިންތިހާބް ބޭއްވުމަށް ހަމަޖައްސާފައި ވީ އެމަހުގެ 25 ވަނަ ދުވަހަށެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ އަންހެނުންގެ ކޮމެޓީ ނަން ހުށައެޅުމުގެ ފުރުސަތު މިއަހަރު ދެފަހަރަށް ހުޅުވާލާފައިވާ ކަމަށާއި އިތުރަށް ފުރުސަތު ހުޅުވާލާނީ އެލްޖީއޭއިން ވަކި ގޮތެއް ނިންމުމުން ކަމަށެވެ.