ކުޅުދުއްފުށި ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގުރުއާން މުބާރާތް ބާއްވައިފި އެވެ.
މިމުބާރާތް ޝަރަފްވެރިކޮށްދެއްވީ ހަސަނާތު މިސްކިތު މުދިމް އަބޫބަކުރެވެ.
ޖުމްލަ6 ތަނަކުން 86 ދަރިވަރުން ބައިވެރިވި މިމުބާރާތުގެ ކިޔެވުން އޮތީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.
މިމުބާރާތްގެ ޖަޖްކަން ކުރެއްވީ އަލްގާރީ އަބުދުލް ޖަލީލް އިސްމާއިލާއި އަލްގާރީ މުހައްމަދު ސިނާން މުނީދާއި އަލްގާރީ ނިސާންދު ހަސަނެވެ.
ގުރުއާން މުބާރާތުގެ ފަނޑިޔާރުން–
މިމުބާރާތުގައި ބައިވެރިވި ސްކޫލުތަކަކީ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. ގުރުއާން ކުލާހުގެ ގޮތުގައި ބައިވެރިވީ އުލޫމުލް ގުރުއާން ކްލާސް، ހިރި ގުރުއާން ކްލާސް އަދި އިޚްލާޞް ގުރުއާން ކުލާހުންނެވެ.
މިމުބާރާތަކީ އަތޮޅު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތްތައް ކުދިން ހޮވުމަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ މިމަހު 8 ވަނަ ދުވަހު އެވެ.