twitterviber whatsapp telegramfacebookyoutube instagram
13th August 2026

ރައީސް ޔާމިން ވަށަފަރު ބަނދަރު ހުޅުވައިދެއްވައިފި

Mar 1, 2016

ހއ. ވަށަފަރު ބަނދަރު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުޅުއްވައި ދެެއްވައިފިއެވެ.

ވަށަފަރުގައި ގާއިމްކޮށްފައިވާ ބަނދަރަކީ ސަރުކާރުން 47 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ދިގުމިނުގައި 500 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓު ހުންނަ ބަނދަރެކެވެ.

ވަށަފަރު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުގައިއެވެ. އަދި އެ މަސައްކަތް ފައްޓަވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދެވެ.

މީގެ ކުރިން ބަނދަރެއް ހަދާފައިނުވާ، ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ ވަށަފަރުގައި އަރާ ފޭބުމަށް ބޭނުންކުރަމުން ދިޔައީ ލަކުޑި ފާލަމެކެވެ.

ބަނދަރުގެ އިތުރުން ވަށަފަރުގައި ޒުވާނުންގެ މަރުކަޒު ވެސް ރައީސް ހުޅުއްވައިދެއްވާނެއެވެ. އަދި އެއަށްފަހު ރައީސް ޔާމިން ހއ އުތީމަށް ވަޑައިގެން އެ ރަށުގެ ބަނދަރުވެސް ހުޅުވައިދިނުމަށް ހަމަޖެހިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355