twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ގުޅުމާއި ޕްރިފެކްޓް ބޯޑު އިފްތިތާހު ކޮށްފި

Mar 2, 2016

ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ ކިޔަވާ ކުދިންގެ ގުޅުން އާއި އެ ސްކޫލުގެ ޕްރިފެކްޓް ބޯޑު އިފްތިތާހުކޮށްފި އެވެ.

އޭއީސީގެ ކިޔަވާކުދިންގެ ގުޅުން (ކޭކޭޖީ) އަދި އެ ސްކޫލުގެ ޕްރިފެކްޓް ބޯޑު އިފްތިތާހު ކޮށްފައިވަނީ ރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްކޫލުގެ އިސް މަގާމުތަކަށާއި ކޭކޭޖީގެ އިސް މަގާމުތަކުގެ ދަރިވަރުންނަށް އެ މަގާމުތައް ހަވާލުކޮށްފައިވެ އެވެ.

އޭއީސީގެ ދަރިވަރުންގެ ގުޅުމަކީ ތަފާތު ގޮފިތަކަކަށް ބަހާލެވިގެން ހިންގާ ޖަމިއްޔާއެއް ކަމަށްވުމާއެކު ޖަމިއްޔާ އަދި ކޮންމެ ކުލަބެއްގެ ރައީސް، ނާއިބު ރައީސް އަދި ސެކްރެޓަރީއަށް ޓެގްކޮޅު ހަވާލުކުރުންވެސް ރޭގެ ރަސްމިއްޔާތުގައި އޮތެވެ.

އޭއީސީގެ ކިޔަވާކުދިންގެ ގުޅުމުގައި ދީނީ ރޫހާއި، ހިއުމަން ރައިޓްސް ކުލަބާއި އަދި ކުލަބު ފަދަ ތަފާތު ކުލަބުތައް އޮވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355