twitterviber whatsapp telegramfacebookyoutube instagram
18th May 2025

ކުޅުދުއްފުށީގެ ނާޒުކު އަދި ގާބިލްކަންތައްތަކުގެ ރޭންކިން ދައްކާލަނީ

Mar 2, 2016

ދިވެހި ރެޑް ކްރެސެންޓް އިން ކުޅުދުއްފުށީގެ ނާޒުކު އަދި ގާބިލް ކަންތައްތައް ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ސާވޭ ޕްރޮގުރާމުގައި ފާހަގަ ކުރެވުނު މައްސަލަތަކުގެ ރޭންކިން ދައްކާލުމަށް ހަމަޖެހިއްޖެއެވެ.

“ވަލްނެރަބިލިޓީ އެންޑް ކެޕޭސިޓީ އެސެސްމެންޓް” ގެ ނަމުގައި ބޭއްވި މި ސާވޭ ޕްރޮގުރާމްގެ ރޭންކިން ދައްކާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 އިން ރޭގަނޑު 21:00 އަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައިއެވެ.

މޯލްޑިވެސް ރެޑްކްރެސެންޓްގެ ފަރާތުން ކުރިޔަށް ގެންދިޔަ މި ސާވޭ ޕްރޮގުރާމަކީ ރަށުގައިވާ ނާޒުކު އަދި ގާބިލް ކަންތައްތައް ދެނެގަނެ ރަށުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގިދާނެ ޕްރޮޖެކްޓްތަށް ޑިޒައިންކޮށް ރާވާ އެކަމުގެ މައުލޫމާތު ހިއްސާކޮށް އެކަމަށް ބާރުއެޅުވުމުގެ މަގުސަދުގައި ކުރިޔަށްގެންދިޔަ ޕްރޮގުރާމެކެވެ.

މި ސާވޭގައި އެކި ކޮމިއުނިޓީތަކާއި މުއައްސަސާތަކުގެ އިތުރުން ގޭގެއަށް ގޮސްގެންވެސް ސާވޭ ކުރެވިފައިވާނޭ ކަމަށް ރެޑްކްރެސެންޓް އިން ބުނެއެވެ. އެގޮތުން ރަށުގެ 15 އިންސައްތަ ގެ ސާވޭގެ ދަށުން ބަލާފައިވާނެ ކަމަށް އެފަރާތުން ބުނެއެެވެ.

މިކަމުގައި ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ އަދި ކޮންމެ ފެންވަރެއްގެ ބޭފުޅުންވެސް ހިއްސާވާނެ ކަމަށާއި ވީމާ މާދަމާ އޮންނަ މި ދައްކާލުމުގައި ވީހާވެސް ގިނަ ރައްޔަތުން ބައިވެރިވުމަށް ދިވެހި ރެޑް ކްރެސެންޓް އިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355