ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް ބަލައި، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ނެރުނު ޔެލޯ އެލާޓް ކެންސަލްކޮށް ގްރީން އެލާޓް ނެރެފި އެވެ. ގްރީން އެލާޓްގެ މާނައަކީ ކަންކަން އާންމު ހާލަތަށް ބަދަލުވު މެެވެ.
ޔެލޯ އެލާޓް ކެންސަލް ކުރިނަމަވެސް ކަނޑުގެ ލޮނުގަނޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާތީ މިރެ އާއި މާދަމާ ވެސް އޮއިވަރަށް އަންނަ ބަދަލުތަކެއް ފާހަގަ ކުރެވޭނެ ކަމަށާއި އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސް ކުރެއެވެ.
އެހެންނަމަވެސް ސުނާމީގެ އަސަރެއް ރާއްޖެއަށް ކުރާނޭ ކަމުގެ އެއްވެސް ބިރެއް މިހާރު ނެތްކަމަ އެ އިދާރާއިން މައުލޫމާތު ދެއެވެ.