މޯބައިލް ފޯނުގެ ނަމްބަރު ބަދަލުނުކޮށް ބޭނުން ކޮންމެ އޮޕަރޭޓަރެއްގެ ހިދުމަތަށް ބަދަލުވެވޭ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އާ ގުޅިގެން ދިރާގާއި އުރީދޫއިން ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ބުނެފައި ވަނީ “ނަމްބަ ޕޯޓެބިލިޓީ”ގެ ހިދުމަތް ދޭން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
އެ ހިދުމަތުގެ ސަބަބުން ދިރާގު ފޯން ނަމްބަރެއް ބޭނުން ކުރާ މީހަކު ދިރާގު ދޫކޮށް، އުރީދޫގެ ނެޓްވޯކަށް ބަދަލުވެވޭނެ އެވެ. އަދި އުރީދޫ ފޯން ނަމްބަރެއް ގެންގުޅޭ މީހަކަށް އުރީދޫ ދޫކޮށް، ދިރާގުގެ ނެޓްވޯކަށް ބަދަލުވެވޭނެ އެވެ.
އެގޮތުން އެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެންފަށާނެ އެވެ..