twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުތުރު ހައިކޯޓް ގޮފީގެ މަސައްކަތް ނުފެށެނީސް ގިނަ މައްސަލަތަކެއް އިސްތިއުނާފަށް ހުށަހަޅައިިފި

Mar 6, 2016

އުތުރުގެ ހައިކޯޓްގެ މަސައްކަތް ނުފެށެނީސް ގިނަ މައްސަލަތަކެއް އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހާމަ ކޮށްފި އެވެ.

އުތުރުގެ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް 30 މައްސަލައެއް އުތުރުގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތައް އަދި ފެށިފައެއް ނުވެއެވެ. އެގޮފީގެ މަސައްކަތްތައް ފެށެންދެން ދެކުނު ގޮތްޕަށް ހުށަހެޅުނު މައްސަލަތައް މަޑުޖައްސަވާލައްވައިފައިވާ ކަމަށް ޖުޑިޝަރީން ހާމަ ކުރެއެވެ.

އެހެންނަމަވެސްް އޭގެތެރެއިން އަވަސްކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން މާލޭ ހައިކޯޓުން ބައްލަވަމުން ގެންދަވާނެކަމަށް ވެސް ޖުޑީޝަރީން ހާމަކުރައްވަ އެވެ.

ދެކުނާ އުތުރުގައި ގާއިމު ކުރާ ގޮފިތައް ގާއިމު ކުރަނީ އެގޮތްޕެއް ހިމެނޭ ސަރަޙައްދުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމަށެވެ. އެހެންނަމަވެސް ހައިކޯޓަށް ގާނޫނުން ލިބިގެންވާ ހާއްސަ އިހްތިޞާސްތައް އެކޯޓުގެ ގޮފިތަކަށް ލިބިގެން ނުވާކަމަށް ގާނޫނުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ގާއިމުކުރި ނަމަވެސް އަދި މިހާތަނަށް ވެސް އުތުރުގެ ހައިކޯޓަށް ފަނޑިޔާރުން ކަނޑައަޅާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355