twitterviber whatsapp telegramfacebookyoutube instagram
19th May 2024

ބިލީފުން ކުޅުދުއްފުށި އުތުރު ބަނދަރާ ދިމާލު ފަޅުތެރެ ސާފުކުރަން ނިކުންނަނީ

Mar 3, 2016

ކުޅުދުއްފުށީގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ “ބިލީފް” ގުރޫޕުން އިސްނަގައިން، ގިނަ މުވައްސަސާތެކެއްގެ އެހީތެރިކަމާއެކު ކުޅުދުއްފުށި އުތުރު ބަނދަރާ ދިމާލު ފަޅުތެރެ ސާފުުކުރުމަށް ހަމަޖެހިއްޖެއެވެ.

“ލެގޫން ކްލީނިން އިވެންޓް” ގެ ނަމުގައި ބިލީފް އިން ބާއްވާ މި ހަރަކާތް މާދަމާގެ މެންދުރުފަހު 14:00 ގައި ފެށުމަށް ހަމަޖެހިފައވާ ކަމަށް އެފަރާތުން ބުނެއެވެ.

“ބިލީފް” ގެ ފައުންޑަރ އަފާ ހުސެން “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން ވިދާޅުވީ މި ހަރަކާތް ބޭއްވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން އެ ގުރޫޕަށް ލިބިފައިވާ ކަމަށެެވެ. އެގޮތުން ކުޅުދުއްފުށި އޯޕަން ވޯޓަރ ސްޕޯރޓްސް، ކޮރަލް، ފްރީ ޑައިވާސް، އެމްއެންޑީއެފް، ޕޮލިސް، ރެޑް ކްރެސެންޓް، ޖަލާލުއްދީން ސްކޫލް ސްކައުޓްސް، އަފީފުއްދީން ކެޑޭޓްސް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ބައެއް ނަރުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އެފަރާތްތަކުން މާދަމާ އޮން އިވެންޓުގައި ވޮލަންޓިއަރުންގެ ގޮތުގައިވެސް ހަރަކާތްތެރި ވާނެކަމަށް އަފާ ބުންޏެވެ.

އަދި މިހަރަކާތްތަކުގައި ބިލީފްގެ ވޮލަންޓިއަރުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތަކަށް ވެސް އަފާ ޝުކުރު އަދާކުރެއްވި އެވެ.

މި ހަރަކާތުގައި ފަޅުތެރެ ސާފުކުރުމަށް ފްރީ ޑައިވް ކުޅުދުއްފުށީގެ 14 ފްރީ ޑައިވަރުންނަކާއި އެމްއެންޑީއެފް އަދި އޯޕަން ވޯޓަރ ސްޕޯރޓްސްގެ ފްރީ ޑައިވަރުން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ.

ބިލީފް އިން މީގެ ކުރިން ވަނީ އާންމުންނަށް ހުޅުވާލައިގެން “ކޮމިއުނިޓީ ކްލީންއަޕް”ގެ ނަމުގައި ކުޅުދުއްފުށި ހިއްކި ބިމުގެ ބޮޑު ސަރަހައްދަކުން ކުނި ހޮވައި ސާފުކޮށްފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355