twitterviber whatsapp telegramfacebookyoutube instagram
19th May 2024

ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ފަށައިފި

Mar 4, 2016

ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނާއި އެރަށު ސްކޫލާއި  ގުޅިގެން ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް މިއަދު ފަށައިފި އެވެ.

މިއަދު ނޮޅިވަރަންފަރުގައި ފެށި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްގެ ތެރެއިން

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގުރާމްގައި ކިޔަވައިދެނީ ބުލީކުރުމުގެ ނުރައްކާތެރިކަމާއި ފުރާވަރަށް އަންނަ ބަދަލުތަކާއި ގެވެށި އަނިޔާއާ ބެހޭ ގޮތުންނެވެ

ގުރޭޑް 4،5’6’7′ އަދި 8 ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަކޮށް ކުރިއަށްދާ މި ޕްރޮގުރާމްގައި މައުލޫމާތު ދެނީ ހދ އެފްސީއެސްސީގެ މެނޭޖަރު ވަސީމާ މުހައްމަދާއި ސެންޓަރުގެ ސޯޝަލް ސާވިސް އޮފިޝަރު އާސިމާ އަހުމަދެވެ.

މިއަދު ނޮޅިވަރަންފަރުގައި ފެށި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްގެ ތެރެއިން–

މިއަދު ހެންދުނުގެ ދަންފަޅީގައި ބައިވެރިވި ދަރިވަރުން ބުނީ މި ޕްރޮގުރާމް ވަރަށް ގިނަ އެއްޗެއްހި ދަސްވި ކަމަށާއި އެގޮތުން އެންމެ ބޮޑަށް ދަސްވީ ބުލީކުރުމުގެ ނުރައްކާތެރިކަމާ މެދު ކަމަށެވެ. އަދިވެސް މިފަދަ ޕްރޮގުރާމްތައް ބޭނުންކަމަށް އެކުދިން ބުންޏެވެ.

މިއަދު ނޮޅިވަރަންފަރުގައި ފެށި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްގެ ތެރެއިން

މިއަދު ހެނދުނު ނޮޅިވަރަންފަރު ސްކޫލުގައި ފެށި މި ޕްރޮގުރާމްގެ އެންމެ ފަހު ސެޝަންތައް މިއަދު މެންދުރު ފަހު އާއި ހަވީރު އަދި ރޭގަނޑުވެސް ކުރިއަށްދާނެ އެވެ. މި ޕްރޮގުރާމްގެ އެންމެ ފަހު ސެޝަން އިންނާނީ ބެލެނިވެރިންނަށް ހާއްސަކޮށް މިރޭ 8:30 ސްކޫލު ހޯލުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355