ލިޓަސް އޮޓޯމޮބައިލް ޝޯ ރޫމެއް ކުޅުދުއްފުށީގައި ރޭ ހުޅުވައިފި އެެވެ.
ކުޅުދުއްފުށީ ސްވިމިން ސްކޫލް އިރުމަތީގައި ރޭ ހުޅުވި މި ޝޯރޫމުން މާލެއިން ލިބެން ހުރި ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ލިޓަސް އިން މައުލޫމާތު ދެއެވެ.
ލިޓަސްގެ އޮޓޯމޮބައިލް މެނޭޖާރ ޒާހިރު ވިދާޅުވީ މި ޝޯރޫމުން މާލެއިން ލިބެން ހުރި ހުރިވާ ވައްތަރެއްގެ ސައިކަލް ލިބެން ހުންނާނެ ކަމަށާއި މާލޭ ޝޯ ރޫމުން ލިބޭ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން ޝޯ ރޫމް ހުޅުވުމާއި ގުޅިގެން ހާއްސަ ޕްރޮމޯޝަން ތަކެއްވެސް ކުރިއަށް ދާކަމަށް ޒާހިރު ވިދާޅުވި އެެވެ. އެގޮތުން 18 އަހަރާ 25 އަަހަރާ ދެމެދުގެ ބޭފުޅަކު ސައިކަލެއް ނަގާނަމަ 1500/- ޑިސްކައުންޓެއް ލިބޭނެ ކަމަށާއި އަދި 26 އަހަރާ 35 އަހަރާ ދެމެދުގެ ބޭފުޅަކު ސައިކަލެއް ނަގާނަމަ 3000/- ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި 2 ބޭފުޅުންގެ ގްރޫޕަކުން ސައިކަލު ނަގައިފި ނަމަ ކޮންމެ ބޭފުޅަކުން 3000/- ރުފިޔާގެ ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ޒާހިރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިހާރު ކުރިއަށްދާ “ބުނެ ހޯދާ” ސްކީމްގައި ބައިވެރިވުމުގެ ފުރުސަތުވެސް ކުޅުދުއްފުށީ ޝޯރޫމުން ލިބޭނެ އެވެ.
ކުޅުދުއްފުށީ ޝޯރޫމް ހުޅުވިނަމަވެސް މާލޭ ލިޓަސްއިން ލިބޭ ހުރިހާ ހިދުމަތެއް ކުޅުދުއްފުށީ އޮންލައިނުން ވެސް ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ އެވެ.