twitterviber whatsapp telegramfacebookyoutube instagram
14th July 2025

ހދ ކުނބުރުދޫން ގަވައިދާ ހިލާފަށް ދަނޑި ކަނޑަމުން ދިޔަ ބަޔަކު ހުއްޓުވައިފި

Mar 6, 2016

ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާއިފައިވާ ހދ. ކުނބުރުދޫން ގަވައިދާ ހިލާފަށް ދަނޑި ކަނޑަމުން ދިޔަ ބަޔަކު ފުލުހުން ހުއްޓުވައިފި އެވެ.

އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ގަވައިދާ ހިލާފަށް ކުނބުދުރޫއިން ދަނޑި ކަނޑަމުން ދިޔައީ އެއަތޮޅު ކުރިނބީ ބައެކެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ކުނބުރުދޫން ގަވައިދާ ހިލާފަށް ބަޔަކު ދަނޑިކަނޑަމުން ދިޔަ ކަމުގެ ރިޕޯޓެއް އާއްމު ފަރާތަކުން ހުށަހެޅި ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“އިއްޔެ އާއްމު ފަރާތަކުން އެކަމުގެ ރިޕޯޓެއް ކުރި. އަޅުގަނޑުމެން ފުުލުހަށް ރިޕޯޓްކުރިއިރު އެ ބޭފުޅުން ވަނީ އެކަމަށް އެޓެންޑްވެފަ” ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ވިދާޅެއް ނުވެ އެވެ. ހދ ކުނބުރުދޫއަކީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355