twitterviber whatsapp telegramfacebookyoutube instagram
13th August 2026

100 އެނދުގެ ހޮޓަލެއް އުތީމުގައި އަޅަނީ

Mar 6, 2016

ހއ އުތީމުގައި 100 އެނދުގައި ހޮޓަލެއް އެޅުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެކު މިއަދު ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި މިއަދު ސޮއި ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓްރީ މޫސާ ޒަމީރެވެ. އަދި އުތީމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޝްރާރު އާދަމެވެ.

ކައުންސިލްގެ ރައީސް “ހަވީރަށް” ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ީ ބޮޑުތަކުރުފާނު ދޫނި ހިއްޕެވި އެރަށުގެ ހުޅަނގު އުތުރުފަރާތު ދޫނި ތުނޑި ސަރަހައްދުން 280،000 އަކަފޫޓުގެ ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް މަސްދުވަސް ތެރޭގައި ބީލަން ފޮތް ވިއްކަން ފެށޭނެ ކަމަށާއި ހޮޓާ އެޅުމަށް ހަމަޖެހިފައިވާ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 50 އަހަރަށް ކަމަށް ވެސް އަޝްރާރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355