twitterviber whatsapp telegramfacebookyoutube instagram
7th June 2025
ADVERTISEMENT

ޖަލާލުއްދީން ސުކޫލް އޭލެވެލް ކިޔެވުން 53 ދަރިވަރުންނާއި އެކު ފަށައިފި

Mar 6, 2016

މި އަހަރުގެ އޭލެވެލް ގެ ކިޔެވުން 53 ދަރިވަރުންނާއި މިއަދު ޖަލާލުއްދީން ސްކޫލްގައި ފަށައިފި އެވެ.

އެ ސްކޫލްގެ އިންޕޮމޭޝާން އޮފިސަރ އައިޝަތު ހަސަން ވިދާޅުވީ މިއަހަރު އެސްކޫލަށް ވަދެފައިވަނީ ބިޒްނަސް ސްޓްރީމް ގެ 17 ދަރަިވަރުންނާއި ސައެންސް ސްޓްރީމްގެ 36 ދަރިވަރުން ކަމަށެވެ.

އެގޮތުން މި އަހަރު އެސްކޫލް ގައި އޮންނާއި ބިޒްނަސް ގެ 1 ކުލާހާއި ސައިންސްގެ 2 ކުލާސް ކަމަށް އައިޝަތު ވިދާޅުވި އެވެ.

މިއަދު އެސެންބުލީގައި ވަނީ ކުދިންނަށް މަރުހަބާ ކިއުމުގެ ގޮތުން މިހާރު އެސްކޫލްގައި ކިޔަވަމުންދާ ސީނިޔާރ ދަރިވަރުން ގެ ފަރާތުން އަލަށް ވަތް ކޮންމެ ދަރިވަރަކަށް ހަދިޔާއެއް ދީފަ އެވެ.

މާޗު މަހު އޭލެވެލް ކިޔަވަން ފެށުމުން މިހާރު ތިން ބެޗެއްގައި އޭލެވެލްއަށް ކިޔަވާނެ އެވެ. އެގޮތުން މި އަހަރު އަލަށް ވަތް ދަރިވަރުންނާއި އެކު 2014 ވަނަ އަހަރާއި މިދިޔަ އަހަރު ކިޔަވަން ފެށި ދަރިވަރުން ވެސް ކިޔަވަމުން ދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި އަހަރު 60 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވާނެ އެވެ. އޭގެ ތެރޭގައި އަލަށް ކިޔަވަން ފަށާ، ހއ. ކެލާ މަދްރަސަތުލް ޝައިހް އިބްރާހީމާއި ފެންފުށީ ސްކޫލާއި އައްޑޫ ހައި ސްކޫލުގައި ހިންގާ ބީޓެކް އޭލެވެލް ކްލާސްތައް ވެސް ހިމެނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com