twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހިރިމަރަދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް ފުލުހުން ފަށައިފި

Mar 8, 2016

– ހދ ހިރިމަރަދޫއިން އަބުދުލް ވާހިދު ހަސަން-

ހދ ހިރިމަރަދޫ ސްކޫލުގެ ދަރިވަރުންނަށް ސްވިމިންގ ޕްރޮގުރާމެއް ފުލުހުން ފަށައިފި އެވެ. މިއީ ރިރިމަރަދޫ ސްކޫލުގެ އެދިއްލެވުމަކަށް މިއަހަރު ހދ އަތޮޅުގެ ސްކޫލެއްގެ ދަރިވަރުންނަށް ފުލުހުން އިސްނަގައިގެން ސްވިމިންގ ޕްރޮގުރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

ހިރިމަރަދޫ ހުޅަނގު ފަރާތް މޫދު އެރޭ ސަރަހައްދުގައި ކުރިއަށްގެންދާ މި ޕްރޮގުރާމް ފައްޓަވައިދެއްވީ ހދ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ނަސީމެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެޓްރ ނަސީމު ވިދާޅުވީ މިފަދަ ޕްރޮގުރާމެއްގެ މައިގަނޑު މަގުސަދަކީ ދުރު މުސްތަގުބަލެއްގައި ރަނގަޅު ގޮތެއް ދަރިވަރުންނަށް ހޯދައި ދިނުން ކަމަށެވެ.

ނަސީމް ވިދާޅުވީ ހިރިމަރަދޫގައި މި ޕްރޮގުރާމް ފެށުނީ އެރަށު ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ޝަފީގުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށާއި ސްވިމިންގ ޕްރޮގުރާމެއް އެރަށުގައި ކުރިއަށްގެންދިއުމަށް އެދި ވަރަށް ގިނަ ފަހަރު ޕޮލިހުގައި އެދިލެއްވި ކަމަށެވެ. އަދި ކައުންސިލް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

އަދި މިފަދަ ޕްރޮގުރާމެއް ކުރިއަށްގެންދަނީ މުވައްސަސާތަކުން ބޮޑެތި ހޭދަ ކޮށްގެން ކަމަށްވާއިރު މިފްރޮގުރާމްގެ ބޭނުން އެންމެހާ ފަރާތްތަކުން ބޭނުންތެރިކަމާއި އެކު ހިފުމަށް ނަސީމް އެދިލެއްވި އެވެ.

މިޕްރޮގުރާމްގައި ފަތަން ދަަސްކޮށްދިނުމަށް މުދައްރިބުންގެ ގޮތުންގައި ހަރަކާތްތެރިވަނީ ޕޮލިސް ސްވިމިންގ އެކަޑަމީގެ ތަޖުރިބާކާރަކާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރައްވާ 2 ސްވިމިންގ އިސްޓަކުޓަރުންނެވެ. މި ޕްރޮގުރާމްގައި 7 އަހަރާއި 17 އަހަރާއި ދެމެދުގެ 60 ދަރިވަރުން ބައިވެރިވެ އެެވެ.

ހަބަރާއި ގުޅޭ އިތުރު ފޮޓޯތައް ބެއްލެވުމަށް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355