twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަތޮޅު ގުރުއާން މުބާރާތައް ކުޅުދުއްފުށިން ވާދަކުރާނެ ދަރިވަރުން ހޮވައިފި

Mar 9, 2016

 

ހދ ނެއްލައިދޫގައި މިމަހު 31 ގައި ބާއްވަން ހަމަޖެހިފައިވާ އަތޮޅު ގުރުއާން މުބާރާތްގައި ކުޅުދުއްފުށި ތަމްސީލްކުރާނެ 15 ބައިވެރިއަކު ހޮވައިފި އެވެ.

އަތޮޅު ގުރުއާން މުބާރާތައް ކޮންމެ ރަށަކުން ވެސް ދަރިވަރުން ހޮވަނީ ރަށު ގުރުއާން މުބާރާތެއް ބާއްވައި، އެމުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ބައިވެރިއަކު ހިމަނާއިގެންނެވެ.

 

އެގޮތުން އެމުބާރާތްތައް ދަރިވަރުން ހޮވުމަށް ކުޅުދުއްފުށީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފައިވަނީ ރޭގަ އެވެ.

އަތޮޅު މުބަރާތުގައި ކުޅުދުއްފުށި ތަމްސީލްކުރާ 15 ބައިވެރިން:

ތައުރިފާ މުހައްމަދު ފަސްތަރި، ކުޅުދުއްފުށީ،ހދ އަތޮޅު ތައުލީމީ މަރުކަޒު

މަރިޔަމް މަންހާ ޔޫނުސް ރީނދޫމާގެ، ކުޅުދުއްފުށީ، އުލޫމުލް ގުރުއާން ކުލާސް.

އަހުމަދު މަފާޒް މުހައްމަދު އާހިޔާ، ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލް

ލަމްހާ މުހައްމަދު މުސްތަރީގެ، ކުރިނބީ ، ޖަލާލުއްދީން ސްކޫލު

އައިމިނަތު ހުމައިދާ ނިޔާމަ، ފޯކައިދޫ، ޖަލާލުއްދީން ސްކޫލް

ނައީމާ އަބުދުﷲ ޔުނިއަން، ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލް

އަހުމަދު ބިން ހަމްޒާ މަހްމާގެ، ކުޅުދުއްފުށީ، އުލޫމުލް ގުރުއާން ކުލާސް

ލަޔާލު އަބުދުﷲ ކާޕެންޓްރީ، ކުޅުދުއްފުށީ، ހދ އަތޮޅު ތައުލީމީ މަރުކަޒު

ފާތިމަތު ނަޒާހާ އަބޫބަކުރު،ކުޅުދުއްފުށީ ، ހދ އަތޮޅު ތައުލީމީ މަރުކަޒު

އަހުމަދު އަނޫފް މުހައްމަދު ފަސްތަރި،ކުޅުދުއްފުށީ، ހދ އަތޮޅު ތައުލީމީ މަރުކަޒު

މުހައްމަދު ހާޝިއު ހަސަން ފިނިވާގެ، ކުޅުދުއްފުށީ، އުލޫމުލް ގުރުއާން ކުލާސް

ސަމްހާ އަބުދުއްސައްތާރު ދަނޑުމަތީގެ،ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލް

އަލީ އަމްޖަދު ރަބީއު،ކުޅުދުއްފުށީ، އިހްލާސް ގުރުއާން ކުލާސް

އައިމިނަތު އިބާ އާދަމް ދަނބުގެ، ހއ އިހަވަންދޫ، އަފީފުއްދީން ސްކޫލް

މުހައްމަދު އައްމާރު އަހުމަދު ނަސީމް ސްނޯރޯސް،ކުޅުދުއްފުށީ، ހދ އަތޮޅު ތައުލީމީ މަރުކަޒު

ދެ ގޮފި އެއްކޮށް މުޅި މުބާާރާތުން އެއްވަނަ ހާސިލްކުރީ ސުޒީވިލާ، ފާތިމަތު ނަޒާހާ އަބޫބަކުރެވެ. ދެވަނަ ފަސްތަރި، އަހުމަދު އަނޫފް މުހައްމަދު ހޯދިއިރު ތިންވަނަ ހާސިލްކުރީ ހަމަ އެގޭ ތަޢުރިފާ މުހައްމަދެވެ. މި ތިން ދަރިވަރުންނަކީ ވެސް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.

 

:މުޅި މުބާރާތުން ނުބައި ކިޔެވުމުން ގޮފިން ވަނަވަނަ ދިޔަ ފަރާތަކުން

1 ވަނަ ހޯދީ ސުޒީވިލާ،ފާތިމަތު ނަޒާހާ ހދ އަތޮޅު ތައުލީމީ މަރުކަޒު

2 ވަަނަ ހޯދީ ފަސްތަރި، އަހުމަދު އަނޫފް މުހައްމަދު، ހދ އަތޮޅު ތައުލީމީ މަރުކަޒު

3 ވަނަ ހޯދީ ފިނިވާގެ، މުހައްމަދު ހާޝިޢު ހަސަން، އުލޫމުލް ގުރުއާން ކުލާސް

:މުޅި މުބާރާތުން ބަލައިގެން ކިޔެވި ގޮފިން ވަނަވަނަ އަށް ދިޔަ ފަރާތްތަކުން

1 ވަނަ ތަޢުރިފާ މުހައްމަދު ފަސްތަރި، ހދ އަތޮޅު ތައުލީމީ މަރުކަޒު

2 ވަނަ މަރިޔަމް މަންހާ ޔޫނުސް ރީނދޫމާގެ، އުލޫމުލް ގުރުއާން ކުލާސް

3 ވަނަ، އަހުމަދު މަފާޒް މުހައްމަދު އާހިޔާ، ޖަލާލުއްދީން ސްކޫލް

މުޅި މުބާރާތުން އެންމެ މޮޅު ސްކޫލަކަށް ހޮވުނީ 2 ވަނަ ލިބިގެން ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. 3 ވަނަ ލިބުނީ އަފީފުއްދީން ސްކޫލަށެވެ. އެއްވަނަ ހާސިލްކުރޭވޭ މިންވަރަށް އެއްވެސް ސްކޫލެއް މާކްސް ލިބިފައެއް ނުވެ އެވެ.

ގުރުއާން ކުލާސްތަކުގެ ބައިން އެންމެ މޮޅު ކުލާހަކަށް ހޮވުނީ 3 ވަނަ ލިބިގެން އުލޫމުލް ގުރުއާން ކުލާހެވެ. މިބައިން 1 ވަނަ އާއި 2 ވަނަ ހާސިލްކުރެވޭ މިންވަރަށް އެއްވެސް ކުލާހަކަށް މާކްސް ލިބިފައެއް ނުވެ އެވެ.

 

މިމުބާރާތް ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ، ހުރާ އާދަމް މުހައްމަދެވެ. މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ދެއްވީ ޝަރަފްވެރިމެހެމަންގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދާއި ކައުންސިލް މެމްބަރު އަލީ ހާޝިމެވެ.

މިމުބާރާތްގައި 3 ސްކޫލަކާއި 3 ގުރުއާން ކުލާހަކުން 92 ބައިވެރިން ވާދަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355