twitterviber whatsapp telegramfacebookyoutube instagram
24th April 2024

ވައްކަމުގެ މައްސަލައެއްގައި ކުޅުދުއްފުށިގައި ހުންނަ އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

Mar 9, 2016

ދަ ލީޑިންގ ސްޓެފްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައެއްގައި އެތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” އެނގިފައިވާ ގޮތުން ފައިސާގެ މިމައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެތަނުގެ އެޑްމިން އޮފިޝަލެވެ.

އެކަން އެނގޭ މީހަކު ބުނީ ސީދާ ވަގަށް ނެގީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށާއި މިހާތަނަށް ބެލިބެލުމުން 12000 ވުރެ ގިނަ ފައިސާ މަދުވެފައިވާ ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

އޭނާ ބުނީ އެތަނުގައި ފީ ބަލައިގަތުމުގައި ވެސް އުޅެނީ އެ އެޑްމިން އޮފިޝަލުކަމުން ވައްކަން ކުރީ ސީދާ އޭނާކަން އެނގޭ ކަމަށެވެ. އަދި ވައްކަން ކުރިކަމަށް އެޑްމިން އޮފިޝަލް އެއް ބަސްވެސްވި ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އެސްކޫލުން ބުނީ އެފަދަ ކަމެއް ހިންގާފައިވާ ކަމަށާއި  އެކަމަށް އެކުއްޖާ އެއްބަސްވެ، ގެއްލުނު ފައިސާ އަލުން ސްކޫލާއި ހަވާލުކޮށްދީފައިވާ ކަމަށެވެ. އަދި އެކުއްޖާގެ މައްސަލަ ފުލުހުންނަށް ހުޅަހެޅުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި އެކަމުގެ ސަބަބުން އެކުއްޖާގެ ދިރިއުޅުން ހަލާކުވެދާން ސްކޫލުން ބޭނުން ނުވާ ކަމަށް ސްކޫލުން ބުނެވެ.

މައުލޫމާތު ލިބޭގޮތުގައި ވަޒީފާއިން ވަކިކުރި އެކުއްޖާއަކީ މީގެ ކުރިންވެސް ފިހާރަކު ވައްކަން ކުރި ކަމުގެ ތުހުތަމު ކުރޭ ކުއްޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355