twitterviber whatsapp telegramfacebookyoutube instagram
6th May 2024

އައިޓީބީ ފެއަރގައި ކުޅުދުއްފުށީ ހާލުފޮޅިއަށް ބޮޑު ތަރުހީބެއް

Mar 10, 2016

ޖަރުމަންވިލާތުގެ ބާރލިންގައި އިއްޔެ ފެށި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީގައި ކުޅުދުއްފުށީ ހާލުފޮޅިއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އައިޓީބީ ފެއަރގެ މިފަހަރު ހޯސްޓްކުރާ ގައުމަކީ ދިވެހިރާއްޖެކަމަށްވާތީ ، ފެއަރ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ނިންމާލުމަށްފަހު ތައްޔާރުކޮށްފައިވާ ބިލެތްމީރުކޮށްލުމުގައި ހުރީ މުޅިންވެސް ދިވެހިން ކާންބޭނުންކުރާ ދިވެހި ކެއުމެވެ.

ކޭޓަރިންގެ ކަންތައް ކުރިއަށްގެންދިޔަ ސަލްސާ ފަރާތުން ބުނީ މެނޫގައި ހިމަނާފައިވާނީ ދިވެހި ރަހަތަކަށް ބަލައިގެން ކަމަށެވެ. ޓީވީއެމްގައި ވާހަކަ ދައްކަވަމުން ސަލްސާގެ ކޭޓަރިން މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާމިރު ވިދާޅުވީ މި ކެއުމުގެ ތެރޭގައިވެސް އެންމެ ގިނަ މީހުން ޝައުުގުވެރިވީ ކުޅުދުއްފުށްޓަށް ހާއްސަ ހާލުފޮޅިއަށް ކަމަށެވެ.

ދިވެހި ކެއުމުގެ ތެރޭގައި ބަތް، މުސަންމާ ރިހަ ، ރިހާކުރު ، ރޮށި ކޮޕީފަތު ސަޓަނި ފަދަ ކާއެއްޗިހި އަތުރާފައިހުއްޓެވެ. މިކެއުންތައް ކެއްކުމުގައި ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ ތިން ކެއްކުންތެރިންނެވެ.

އިއްޔެ ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފެއާރއަކީ ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރއެއްގައި އެންމެ ގިނަ ކުންފުނިތަކުން ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފަހަރުގެ ފެއަރގައި 95 ކުންފުންޏަކުން 280އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355